ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޓިވެކްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރ (ޓިވެކް) ގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ކޯސްޓްލައިން ފައުންޑޭޝަންގެ ސީ.އެސް.އާރު ޕްރޮޖެކްޓެއްގެ ދަށުން އުފައްދާފައިވާ ޓިވެކްގެ އިސްވެރިންނާ ބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައެވެ.

އިޝްތިހާރު Below Header ad

މި  މަޝްވަރާ ބައްދަލުވުމުގައި ޓިވެކްގެ އަމާޒާއި ކޮންސެޕްޓް އަދި ޓިވެޓް ކޮލިފިކޭޝަންތަކުގެ ވަކި ފްރޭމްވާރކްއެއް ނެތުމުން ހުރި ދަތިތައް ޓިވެކްގެ ފަރާތުން މިނިސްޓަރ އާވަނީ ހިއްސާކޮށްފައެވެ.

ޓިވެކްގެ ކާމިޔާބީއަކީ ދަރިވަރުން ދަސްވެނިންނަށްވުމަށްވުރެ ވަޒީފާގެ ދާއިރާއަށް އަހުލުވެރިވުންކަމާއި ކިޔަވައި ދިނުމާއި ދަރިވަރުންގެ އެކޮމޮޑޭޝަން، ރެސްޓޯރެންޓް، ފިހާރައެއް އަދި އެހެނިހެން ޚިދުމަތްތައް ލިބޭގޮތަށް ހުޅުވުނު ފުރަތަމަ މަރުކަޒުކަމަށްވާތީ ދިމާވާ އެހެނިހެން ގޮންޖެހުންތައްވެސް މިނިސްޓަރ އާއި ހިއްސާކުރެއްވިއެވެ.

Higher Education 2

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންގެ ވާހަކަފުޅުގައި ރާއްޖޭގައި މި ފަދަ މަރުކަޒެއް ހުޅުވައިގެން ރާއްޖޭގެ ދަރިވަރުންނަށް ޚިދުމަތްދިނުން މިއީ ވަރަށް ރަނގަޅު ކޮންސެޕްޓެއް ކަމަށް ފާހަގަކުރައްވާ ޒުވާނުންނަށް މިލިބޭ ފުރުޞަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންހިފޭނެ މަގު ފަހި ކޮށްދެއްވުމަށް މިނިސްޓްރީން ކުރެވެންހުރި ކަންތައްތަކުގައި އެއްބާރުލުންދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ފަދަ މަޝްވަރާތައް ހުއްޓާނުލައި ކުރިއަށްގެންދިއުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ (ވަގުތީ) ޕާރމަނަންޓް ސެކްރެޓަރީ ޑރ. ޢަބްދުއްރަޙީމް ހަސަން އާއި ކަމާއި ބެހޭ ވެރިން ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.