އަންނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައިއެމްޔޫ އިން 54 ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

އަންނަ 2019 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިއެމްޔޫ) އިން 54 ކޯހެއްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އައިއެމްޔޫ އިން ހުޅުވާލާފައިވަނީ މާސްޓަރސް ލެވެލްގެ 10 ކޯހާއި ޕޯސްޓްގްރުޖުއޭޓް 3 ކޯހާއި ބެޗްލަރސް ލެވެލްގެ 9 ކޯހަކާއި އެސޯސިއޭޓްޑިގްރީގެ 4 ކޯހަކާއި ޑިޕްލޮމާކެ 9 ކޯހަކާއި ސެޓްފިިކެޓް ލެވެލްގެ 19 ކޯހެއް ހިމެނެއެވެ.

އިޝްތިހާރު Below Header ad

ހުޅުވާލެވިފައިާވ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އެޑިއުކޭޝަން، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ފައިނޭންސް، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، އިމާމްިޝޕް އެންޑް ލޯކަލް ގަވަރނަންސް، ޖަރނަލިޒަމް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަސައްކަތްކުރައްވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަލަށް ތަޢާރަފްކޮށްގެން ކުރިއަށްދާ ދެކޯސް ކަމަށްވާ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޝަރީޢާ އާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ލޯ މި ދެކޯހަށްވެސް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އައިޔޫއެމް އިން ބުނީ މިއަހަރުގެ ޑިސެމްބަރ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން އައިއެމްޔޫގެ ރިސެޕްޝަނުް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި އައި.ޔޫ.އެމް ވެބްސައިޓުން ކޯސްތަކާބެހޭ އިތުުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް ގދ. ތިނަދޫގައި ޤާއިމްކުރެވޭ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކުރިއަށްދާނެކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.