ނ.މާފަރު ސްކޫލު މަދަޙަ މުބާރާތް 2018 ނިންމާލައިފި

މިމުބާރާތަކީ މިމަދަރުސާގައި ދަރިވަރުންގެ މެދުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމައި ދީނީކަންކަމަށް އަހުލުވެރިކުރުމާއެކު އެކުދިންގެ ހުނަރުވެރިކަން އިތުރު ކުރުމަށްޓަކައި ބޭއްވޭ މުބާރާތެކެވެ. މިއީ މިސުކޫލުގެ 7ވަނަ މަދަހަ މުބާރާތެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނީ ދަރިވަރުންނާއި ބެލެނިވެރިންނަށެވެ. އެގޮތުން މިމުބާރާތުގައި 100 ދަރިވަރުންނާއި 06 ބެލެނިވެރިން ވަނީ ބައިވެރިވެފައިވެއެވެ.

FB IMG 1530954381100ޮ

އިޝްތިހާރު Below Header ad

އަދި ހަމައެއާއިއެކު ގުރޫޕު މަދަހަ ހުށައެޅުމަށް، ދަރިވަރުންގެ 5 ގުރޫޕް ވެސް ބައިވެރިވިއެވެ. މުބާރާތް ކުރިއަށް ގެންދެވުނީ 6 އުމުރުފުރާއަކަށް ބަހާލެވިގެންނެވެ. އެއީ ބޭބީ ނާސަރީ ނާސަރީ، އެލްކޭޖީ ޔޫކޭޖީ، ގުރޭޑް1 2 3، ގުރޭޑް4 5 6 7، ގުރޭޑް8 9 10 އަދި ބެލެނިވެރިންގެ އުމުރުފުރާއެކެއެވެ.

FB IMG 1530954289789

މާފަރު ސްކޫލުން ހާމަކުރިގޮތުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެދަށުން ހުރިާކަމެއްގައުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ބައިވެރި ކުރެއެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގެތެރެއިން މި މުބާރާތުގައި ސެން ކިލާހުގެ ދެދަރިވަރަކު ވެސް ވަނީ އެކުދިންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލާފައެވެ.

FB IMG 1530954424695

FB IMG 1530954443116

އިނާމު ދިނުމުގެ ޖަލްސާގައި މުބާރާތުގެ އިސް ޖަޖު، އިބްރާޙީމް ރަމީޒު ފާހަގަ ކުރި ގޮތުގައި ހުރިހާ ކުދިންގެވެސް މަދަހަ ކިޔުން ޖުމުލަ ގޮތެއްގައި ވަރަށް ފުރިހަމަ ކަމަށާއި ހުށައަޅައިދިނުން ރަނގަޅު ކޮށްލައިފިނަމަ ވަރަށް ބޮޑުތަން ރަނގަޅުވެގެންދާނެކަމަށެވެ. އެގޮތުން މޫނު މައްޗަށް ގެންނަންޖެހޭ ބަދަލުތަކާއި އަތުގެ ހަރާކާތްތައް ގެންގުޅޭނެ ގޮތްތަކަށްވަނީ އަލިއަޅުވަލާފައެވެ. ހަމަ އެއާއެކު ބައެއް ކުދިންގެ ކިޔުންތަށް ވަރަށް ވާދަވެރިވެގެން ދިޔަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

FB IMG 1530954936013

މުބާރާތުގެ ވަނަތަކަށް ދިޔަ ކުދިންނަށްވަނީ ތައްޓާއި ހަނދާނީ ލިޔުންވެސް ބައްސަވާފައެވެ. މިގޮތުން މުޅި މުބާރާތުގެ އެއްވަނައަށް ގޮސްފައިވަނީ ގްރޭޑް 4 ގެ ދަރިވަރު ލަމްސާ މުޙައްމަދެވެ. މުޅި މުބާރާތުގެ ދެވަނައަށް ގޮސްފައިވަނީ ގްރޭޑް 8ގެ ދަރިވަރު އިޝާ އަޙްމަދެވެ. އަދި މުޅި މުބާރާތުގެ ތިންވަނައަށް ގޮސްފައިވަނީ ގުރޭޑް 8ގެ ދަރިވަރު ޖީނާ މުޙައްމަދެވެ.

FB IMG 1530954980073

މިމުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.