މެއި މަހު އިމްޕޯޓު ކުރި މިންވަރު %3 އިތުރުވި އިރު، އެކްސްޕޯޓު ކުރި މިންވަރުވެސް %34 އިތުރުވެއްޖެ

ފާއިތުވި މޭމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ މޭމަހާ އަޅާބަލާއިރު 3% އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ މޭމަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މޭމަހު މި ޢަދަދުވަނީ 3.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން %19 އެކުވެރި އަރަބި އިމާރާތުން އިމްޕޯޓްކޮށްފައިވާއިރު، %16 ޗައިނާއިން، ސިންގަޕޫރުން 13% އިންޑިއާއިން %10 އަދި %8 މެލޭޝިޔާއިން ވަނީ އެތެރެކޮށްފައިވެއެވެ.

އިޝްތިހާރު Below Header ad

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ މޭމަހާ އަޅާބަލާއިރު ހުސްވި މޭމަހު %16 އިތުރުވެފައެވެ. މިދިޔަ މޭމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 239 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ މޭމަހު ލިބިފައިވަނީ 206 މިލިއަން ރުފިޔާއެވެ.

ފާއިތުވި މޭމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ މޭމަހާ އަޅާބަލާއިރު ވަނީ %34 މައްޗަށް ގޮސްފައިއެވެ. 2016 ވަނަ އަހަރުގެ މޭމަހު 373 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މޭމަހު މި ޢަދަދު ވަނީ 498 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ މޭމަހު އެކްސްޕޯޓްކުރި މުދަލުގެ %63 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.