ހަނިމާދޫ ދާއިރާގެ ސަރުކާރު ކެނޑިޑޭޓުގެ ކެންޕޭން ޓީމުން ވަޒީފާގެ ބިރުދައްކާ ކަމުގެ ތުހުމަތު!

އާދިއްތަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ 20 ވަނަ މަޖިލީސް އިންތިހާބުގައި، ހަނިމާދޫ ދާއިރާއަށް ސަރުކާރުގެ ފަރާތުން ނުކުމެގެން އުޅޭ އިދުރީސް އަބުދުﷲ ކެންޕޭން ޓީމުން އެދާއިރާގެ ސިވިލް ސަރވިސް އަދި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންނަން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދެއްކުން އިންތިހާއަށް ގޮސްފިއެވެ.

 

އިޝްތިހާރު Below Header ad

ަހަނިމާދޫ ދާއިރާގައި 4 ރަށް ހިމެނެއެވެ. އެއީ ހަނިމާދޫ، ފިނޭ، ނައިވަދޫ، އަދި ހިރިމަރަދޫ އެވެ. މި ރަށްތަކުން މިނޫހާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ ނަން އަދި ރަށް ހާމަނުކޮށް ހަބަރު ގެނެސް ދިނުމަށެވެ. އެހެންވެ ރަށް އަދި އެފަރާތްތަކުގެ ރަށް ނުހިމަނާނަމެވެ.

 

” އަހަރެމެން މިއީ ގަފޫރަށް ތާއީދު ކުރާކަން ހާމަކޮށްގެން، ނުވަތަ ސަރުކާރާ ދެކޮޅުވެގެން އުޅޭބައެއްނޫން، އެކަމަކު އަހަރެމެންނާ ދިމާލަށް އެބަ ބުނޭ ކަލޭ ދަރި، ކަލޭ ބޭބެ،ސަރުކާރު ކެނޑިޑޭޓުގެ ކެންޕޭން ޓީމް ފޮޓޯ: ފޭސްބުކް ކޮށްކޮ ވަޒީފާއިން ކަނޑާލާ ގެއަށް ފޮނުވައި ލާނަމޭ، އިދުރީސްގެ ކެންޕޭނަން ނުނުކުމެއްޖާ” ނަން ނުޖެހުމަށް ޝަރުތުކުރި ފަރާތެއް

 

އެހެން ފަރާތަކުން ބުނީ 5 އަހަރު ނިމިގެން ދިޔައިރު އެނާ ހުރީ އޭރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށްކަމަށާއި އޭރުވެސް ބިރެއްނެތްކަމަށެވެ. ނަމަވެސް އިދުރީސް ކަމުނުދާތީ ކެންޕޭނަން ނުކުތުމުން ވަޒިފާއިން ވަކި ކުރާނެކަމަށް އިންޒާރު ދީފައިވާކަށެވެ.

 

މިއީ ގާނޫނީ ގޮތުން ކޮންމެ ރައްޔިތަކަށް ލިބިގެންވާ 3 ހައްގެއް ހިފެހެއްޓުން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟ ނުވަތަ ރައްޔިތުން އަޅުވެތިކުރުން ފެށުނީ ހެއްޔެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.