މާދަން ހަވީރު 6 ޖަހަންދެން މީސް މީޑިއާގައިވެސް ކެންޕެއިން ނުކުރެވޭނެ!

މާދަމާ އޮންނަ ރިޔާސީ އިންތިޚާބަށް ތާޢީދު ހޯދުމުގެ މަސައްކަތްކުރުމުގެ ގޮތުން މާދަމާ ހަވީރު 6 ޖަހަންދެން ކެމްޕެއިންކުރުން މަނާވާނެވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ކެމްޕެއިން ކުރުން މަނާ ވަގުތަކީ ހުކުރު ދުވަހު އިރުއޮއްސި 6:00 ން ފެށިގެން އާދީއްތަ ދުވަހު ހެނދުނު 6:00 އަށްކަމަށެވެ.

އިޝްތިހާރު Below Header ad

އަދި އެވަގުތު ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ނުހިންގެވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކެމްޕެއިން ކުރުން މަނާ ގަޑީގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މީހުންނަށް އެސް.އެމް.އެސް ފޮނުވުމާއި، ސޯޝަލް މީޑިޔާގެ އެއްވެސް ވަސީލަތެއް ބޭނުންކުރުމަކީވެސް މަނާކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ.

އަދި ހުރިހާ ފަރާތްތަކުންވެސް ޤާނޫނާއި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުމަކީ ވާޖިބެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.