އެމްޑީއޭ އިން ރައީސް އިބޫ ދޫކޮށް ޑރ. މުޢިއްޒަށް ތާޢީދު ކޮށްފި

މި އަހަރުގެ ރިޔާސީ އިންތިހާބަށް ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އިން އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ރޭ ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ އެމްޑީއޭ އިން ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ސިޔާމެވެ.

އިޝްތިހާރު Below Header ad

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް އެމްޑީޕީގެ ކޯލިޝަން ރޫޅާލައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުޢިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ގޮތަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ ބޭފުޅެކެވެ.

އެމްޑީޕީގެ ކޯލިޝަން ރޫޅާލައި، މުއިއްޒަށް ތާއީދު ކުރަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނައިބު ރައީސް އަލީ މައުރޫފެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންތަކުގައި ސިޔާމް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ނަމަވެސް، ފުރަތަމަ ބުރުގެ ބޮޑު ބައްޔަށްފަހު ޝިޔާމް އިބޫގެ ކެމްޕެއިނަކުން ނުފެނެއެވެ. ދެ ވަނަ ބުރުގެ ކެމްޕެއިންތަކުގައި އެމްޑީއޭ އިން އިސްކޮށް އުޅުއްވީ އަލީ މައުރޫފާއި ނައިބު ރައީސް ސާލިމެވެ.

އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުމަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، އެމްޑީއޭ އިން ނިންމި މި ނިންމުމާ އެކު، އެމްޑީޕީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ އެކު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދެން ހަރަކާތްތެރިވާނީ އަދާލަތު ޕާޓީ އެކަންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.