ޓޫރިޒަމް އިންޑަސްޓްރީގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މީހުންނަށް ފްލެޓް ދެނީ

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ފްލެޓް ދޭން ސަރުކާރުން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ‘ރާއްޖެޓީވީ’ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން މިހާރު އިއުލާން ކޮށްފައިވާ 6،000 ފްލެޓްގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް 300 ފްލެޓް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވައުދެއް، ރިސޯޓް މުވައްޒަފުން ހިމެނޭ ގޮތުން ބޯހިޔާވަހިކަން އެންމެންނަށް ހޯދައިދިނުމަކީ،

އަކްރަމް ވިދާޅުވި އެވެ.

އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ގިނަ ބަޔަކު އެދެމުން ދަނިކޮށް، މި ސަރުކާރުން ވަނީ މިނިމަމްވޭޖް ވެސް ކަނޑައަޅައިފަ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށްވުރެ ގިނަ ގޯތި ހުޅުވާލަން ނިންމާފައިވާ އިރު، އޭގެ ތެރެއިން ގޯތި ދޭން ނިންމާފައިވާ އެއް ތަނަކީ އުތުރު ތިލަފަޅެވެ. އެތަނުން ގޯތި ދޫކުރަން 215 ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، ދެވަނަ ބުރާއި ދިމާކޮށް ރައީސް ގެންދަވަނީ މިފަދަ އެތައް ކަމެއް އިޢުލާން ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.