މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރި ޢިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

މ. މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

އިޝްތިހާރު Below Header ad

މުލަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ

Raees Mulak Helat Center 2 jpg

މުލަކު ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.