ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގައި “ރަންވަނަ” ހޯދި އެތްލީޓުންނަށް ހޫނު މަރުޙަބާއެއް!

ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދިޔަ “ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސް” ގައި “ރަންވަނަ” ހޯދި އެތްލީޓުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި ޓީމަށް މަރުޙަބާ ކިޔުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މި ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު މާލޭގެ ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ބައެއް އެހެން މިނިސްޓަރުން ތިއްބެވިއެވެ.

އިޝްތިހާރު Below Header ad

2D3A3979

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި އެތްލީޓުންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުން އެ ސަރަހައްދަށް ޖަމާވިއެވެ.

ރަސްމީ ފާލަމުން، މިނިސްޓަރ މަހްލޫފާއި މާރިޔާ އެކުދިންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއިރު، މާބޮޑީގެ ހަދިޔާ ވެސް ވަނީ ދީފައެވެ. އަދި ރަސްމީ ފާލަމުން “ރަސްމީ ޢިއްޒަތުގައި” އެކުދިން ގެންދިޔައީ ރައީސް އޮފީހަށެވެ. އެކުދިންގެ އިސްތިގުބާލުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު ހުންނެވިއެވެ.

2D3A4031

އެ ދެކަނބަލުން ވަނީ “ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ޙާޞިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކާއި އަދި ޚާއްޞަކޮށް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްއާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައި ވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައިވަނީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ.

SOM new 3

ޖޫން 17 އިން 25 އަށް ޖަރުމަނުގެ ބާލިންގައި ބޭއްވި “ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް”ގައި ދުނިޔޭގެ އެތައް ޤައުމަކުން 6500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވާއިރު، ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާއި 1 ލޯ މެޑެލް ހޯދާފައެވެ.

ރާއްޖެއިން ރަން މެޑަލް ހޯދީ ބެޑްމިންޓަން އަދި 100 މީޓަރު ދުވުމުންނެވެ. މި މެޑެލް ހޯދީ ޑިވިޜަން އެކެއްގެ ބެޑްމިންޓަން އިވެންޓުގައި ބަލްގޭރިއާގެ ކުޅުންތެރިއެއްގެ މައްޗަށް ކުރި ހޯދައި، މާނިއާ އެވެ. މި މެޗުގެ ސެޓުތައް މާނިއާ ގެންދިޔައީ 19-21 އަދި 10-21 އިންނެވެ.

Laika jpeg

100 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ ލައިކާއެވެ.

މިއީ މިފަހަރުގެ ގޭމްސްގައި އެތްލެޓިކްސް އިން ރާއްޖެ އިން ހޯދި ދެވަނަ މެޑަލް އެވެ. މި މުބާރާތުގައި ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ ބްރޯންޒް މެޑަލް ވެސް ހޯދާފައެވެ.

ރާއްޖެއިން ހޯދި މި ދެ ރަން މެޑަލް އަކީ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ވާދަކުރަން ފެށިފަހުން ރާއްޖޭން ހޯދި ތިންވަނަ ރަން މެޑަލްއެވެ.

މިއީ ސްޕެޝަލް އޮލިމްޕިކްސްގެ ވޯލްޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.