ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި

ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް” ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި  އެވެ.

ސަޢުދީ ޢަރަބިއްޔާގެ ނާއިފް ޢަރަބް ޔުނިވަރސިޓީ ފޮރ ސެކިޔުރިޓީ ސައިންސަސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން “ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް” ގެ ނަމުގައި މަސައްކަތު ބައްދުލުވުމެއް ފަށައިފި އެވެ.

އިޝްތިހާރު Below Header ad

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ޤާއިމްކުރުމުގައި ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދަޢިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާއިގުޅޭގޮތުން މަޢުލޫމާތު ޚިއްޞާކުރުމެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމެވެ. އިސްވެދިޔަ ހުރިހާ ދާއިރާއަކީވެސް ހަރުކަށިފުކުރު ހުއްޓުވުމަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ އެންމެ މުހިއްމު ދާއިރާތަކެވެ.

މަސައްކަތު ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ކީނޯޓް ސްޕީޗް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓެރަރިސްޓް ޖަމާއަތްތަކުން މީހުން ރެކުރޫޓުކުރުމަށާއި ހަމަލާތައް ރޭވުމަށް އިންޓަރނެޓާއި ސޯޝަލްމީޑިޔާ ބޭނުންކުރަމުންދާ ކަމީ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއްކަމަށެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން ކްރިޓިކަލް ތިންކިންގގެ ހުނަރުތައް އަށަގަންނުވާ، ޒުވާނުންނަން އަނިޔާވެރިކަމާއި ދުރުވުމަށާއި، ޤަނޫނުތަކާއި އިންސާނީހައްޤުތައް އުންގަންނައިދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވާނީ ނާއިފް ޢަރަބް ޔުނިވަރސިޓީގެ ފަންނީ މާހިރުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މި ސެންޓަރ ގުޅިގެން ބާއްވާ އޯޕަން ފޯރަމްއެއް 2021 އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ އޮންނާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.