ނިއުކްލިއާ މައްސަލައިގަ ހުއްޓިފައިވާ މަޝްވަރާތައް އަލުން ފަށަން އެމެރިކާއިން އީރާނަށް ގޮވާލައިފި

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް ބުނާ މައްސަލައިގަ ޔޫރަޕް އަދި މުއްސަނދި ގައުމުތަކާއި އެކު ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުންތައް އަލުން ފެށުމަށް އެމެރިކާއިން އިރާނަށް ގޮވާލައިފި އެވެ.

އީރާންގެ އާ ރައީސް އިބްރާހިމް ރައީސީ އިއްޔެ ވަނީ ރައީސް ކަމުގެ ހުވާ ކުރައްވާފަ އެވެ.

އިޝްތިހާރު Below Header ad

ހުވާކުރެއްވުމަށް ފަހު ގައުމާއި މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގައުމުތަކާއި އެކު ގުޅުން ބަދިކުރުމަށް ކޮންމެ ދާއިރާއަކުން މަޝްވަރާއަށް ދާން ޖެހުނަސް ތައްޔާރަށް ހުންނެވި ކަމަށެވެ. އިރާނީ ވިދާޅުވީ އިރާނާއި ދެކޮޅަށް އެމެރިކާ އާއި އެހެން ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އެމެރިކާއިން ވަނީ ވީހާވެސް އަވަހަށް ހުއްޓިފައިވާ މަޝްވަރާތައް ފެށުމަށް އީރާނަށް ގޮވާލާފައި އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ މަޝްވަރާތައް އަވަހަށް ފަށައި އެމެރިކާއިން ގޮވާލާފައިވާ ކަންކަމަށް އިރާނުން އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

ނިއުކްލިއާ މައްސަލައިގަ އެމެރިކާއިން އަބަދުވެސް އޮންނަނާނީ އެއް ގޮތަކަށް ކަމަށާއި އިސްކަން ދޭނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށް ޕްރައިސް ވިދާޅުވި އެވެ. އެކަމަކު އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން އެއްބަސް ނުވާނެކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.