ޢަދުލުވެރި ކާފަރުންވެސް އިންސާފަށް ލޯބިކުރެއެވެ.

ބިލިއަނަކަށް ވުރެ ގިނަ އިންސާނުން އެދީނަކަށް ނިސްބަތްވާ އިސްލާމް ދީނަކީ މިއަދު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ދީނެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި މިދީނަކި އެންމެ ގިނަމީހުން ތަބަޢަވާ ދިން ކަމުގައި ވެދާނެކަމަށް މުޙައްޤިޤުން ބުނެއެެވެ.

މިވަގުތު އިސްލާމްދީން ޤަބޫލުކޮށްގެން ތިބި 1.2 ބިލިއަން މުސްލިމުންނަކީ، މުޅި ދުނިޔޭގެ އާބާދީގެ (1/4) ހަތަރުބައިކުޅަ އެއް ބައެވެ. އެމެރިކާގެ ކްރިސްޓިއަން ޗާޗް ތަކުގައި ރަޖިސްޓަރީ ވެފައިވާ ނަޞާރާއިންގެ ޢަދަދަށްވުރެ، އެޤައުމުގައި ތިބި މުސްލިމުންގެ ޢަދަދު ގިނަކަމަށް ދިރާސާތަކުން ދައްކައެވެ.

އިޝްތިހާރު Below Header ad

މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމުތަކަކީ، އިންޑޮނޭޝިޔާ، ބަންގްލަދޭޝް، ޕާކިސްތާން، އަދި އިންޑިޔާ އެވެ. އިންޑޮނޭޝިޔާގެ މުސްލިމް އާބާދީ 175 މިލިޔަނަށް އަރާއިރު، އެ އަދަދަކީ، އިސްލާމްދީނުގެ ހިތް ކަމުގައިވާ ޢަރަބި ދައުލަތް ތަކުގެތެރޭ ހިމެނޭ، މިސްރު، ސޫރިޔާ، ސައުދީ އަރަބިއްޔާ، އިރާގު، އަދި އިރާނު އެއްކޮށްލައިގެން ހިމެނޭ އާބާދީއަށް ވުރެ ބޮޑުއާބާދިއެކެވެ.

1950 ހާއި 1969 ގެ އަހަރުތަކުގައި ޔޫރަޕާށާއި އުތުރު އެމެރިކާއަށް ހިޖުރަކުރި މުސްލިމުންގެ ހިންމަތާއި މިންނަތުން، ހުޅަނގުގައި ވެސް އިސްލާމްދިނުގެ ނޫރު އަންނަނީ ގަދަވަމުންނެވެ. އެޤައުމުތަކުގެ ގިނަ ރައްޔިތުން އިސްލާމްދީނުގެ އަދުލު އިންސާފާއި އަމަން ބަލައިގަންނަނީ އެފަދަ ދެވަނައެއްނުވާ މިސާލެއް ފަދައިންނެވެ.

 އަނިޔާވެރި ލާއިންސާނީ ފަރުދެއްގެ ނާތަހުޒީބު ޢަމަލުތައް، އަދުލުވެރި ކާފަރުންވެސް ކުށްވެރިކުރެއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.