ނުރަސްމީ ތަޢުލީމު ރަށު ފެންވަރަށް ބަދަލުވުމުން އެކަމަށް ދެވޭ ސަމާލުކަން އިތުރުވޭ: ވަޒީރު

ނުރަސްމީ ތަޢުލީމު ރަށު ފެންވަރަށް ބަދަލުވުމުން އެކަމަށް ދެވޭ ސަމާލުކަން އިތުރުވާކަމަށް ތަޢުލީމާއިބެހޭ ވަޒީރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ ވިދާޅުވީ ތަޢުލީމާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމު ކައުންސިލްތަކަށް ބަދަލުކުރުންވެސް ހިމެނޭ ކަމަށެވެ. އަދި ނުރަސްމީ ތަޢުލީމު ރަށު ފެންވަރަށް ބަދަލުވުމުން އެކަމަށް ދެވޭ ސަމާލުކަން އިތުރުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ރައްޔިތުން ބޭނުންވާ ހުނަރުތައް ގާތުން ފޯރުކޮށްދިނުމަށް މަގު ފަހިވާނެ ކަމަށާއި މި ތައުލީމަށް އައު ރޯޝަންކަމެއް އަންނާނެ ކަމަށްވެސް ވަޒީރުު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ އަތެއްގެ ހުރިހާ އިނގިލިތައް އެއްވަރު ނުވާފަދައިން ހުރިހާ ދަރިވަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ހަމަހަމަ ކުދިންނެއް ނޫން ކަމަށެވެ.

“ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ކޮންމެ ކުއްޖަކަށް ބޭނުންވާ އަޅާލުންތެރިކަން ދީގެން، ހުރިހާ ކުދިން ހިމެނޭގޮތުން، ދެވޭ ތަޢުލީމަށް މިހާރަކަށް އައިސް ކިޔަނީ އިންކްލޫސިވް އެޑިޔުކޭޝަން. މި ނިޒާމް މިހާރަށް ވުރެ ފުރިހަމަ ކުރުމަށްޓަކައި ވަކި ޑިވިޜަނެއް މި ވުޒާރާގައި އުފައްދައި، ސަފުން އިތުރު ސަމާލުކަމެއް، މި ނިޒާމް ފުރިހަމަ ކުރުމަށް ދޭނެ ވާހަކަ ދަންނަވާލަން” ވަޒީރު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.