މާރެސް ޖަމިއްޔާގެ 12 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބ. މާޅޮހުގެ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) ގެ 12 ވަނަ ޤުރްއާން މުބާރާތުގައި ބައިވެރުވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ޖަމިއްޔާއިން ބުނީ މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަަންނަ ޖުަލއި މަހުގެ 6 އަދި 7 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދުން ފެށިގެން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ސުންގަޑިއަކީ މި ޖޫން މަހުގެ 14 ވާ ބްރާސްފަތި ދުވަސް ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި ވަނަހޮވާ އުސޫލަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ސްކޫލް ކުދިންނާއި ޢާންމުންނާއި އަންހެން ފިރިހެން ވަކިން ވަނަ ހޮވުމަށް ވަނީ ނިންމާފައެވެ. އަދި 6 އަހަރުން ދަށުގެ ކުދިން ކިޔަވަން ޖެހޭނީ އެކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރުންނެވެ.

މި އަހަރުގެ މުބާރާތުގައިވެސް ބަލައިގެން ކިޔުމާއި ނުބަލާ ހިތުން ކިޔުމުގެ ބައި ވަނީ ހިމަނާފައެވެ.

މާރެސް ޖަމިއްޔާއިން މިފަދަ ޤުރްއާން މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ ކުދިންނާއި މީހުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސުވައި، ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ މުޖުތަމަޢެއް ބިނާކުރުމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ޖަމިއްޔާގެ އިދާރާއިންނާއި އެ ޖަމިއްޔާގެ މެމްބަރު އައިމިނަތު ނަޞީރާ (ޒުހޭރާ) ނުވަތަ ފަޒުނާ އިބްރާހިމް އާ ގުުޅުއްވުމުން ލިބޭނެ ކަމަށްވެސް މާރެސް ޖަމިއްޔާއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.