“އާ ލީޑަރެއްތަ ނޫނީ އާ ނިޒާމެއްތަ؟”

” ޕައި ” އަކީ ޒުވާނުންގެ އާހިޔާލުތަކާއި މުޖްތަމަޢުގައި ދިމާވާ ކަންތައްތަކާ ބެހޭގޮތުން ދެކޭގޮތް، އެހެން މީހުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. މީގެ 2 މަސްކުރިން އޭގެ ފުރަތަމަ ރަސްމީ ސެމިނާރ ވަނީ ބާއްވާފައެވެ.

މި އިވެންޓަށް ފަހު “ޕައި” އިން މިވަނީ ޕައިގެ ދެވަނަ ސެމިނާރ މެއި 5 ގައި އޮންނާނެކަން އިއުލާން ކޮށްފައެވެ.

އިޝްތިހާރު Below Header ad

މޭމަހުގެ 5 އަކަށްވާ ހޮނިހިރު ދުވަހުގެރޭ 8:30 ގައި އެމްއެންޔޫ އޮޑިޓޯރިއަމްގައި ބާއްވާ މިސެމިނާރގައި ވާހަކަދައްކަން ހަމަޖެހިފައިވަނީ “އާ ލީޑަރެއްތަ ނޫނީ އާ ނިޒާމެއްތަ؟” އަދި “ދެ ނިޒާމުގެ ވާހަކަ”، މިދެމައުޟޫތަކަށެވެ.

މިގޮތުން “އާ ލީޑަރެއްތަ ނޫނީ އާ ނިޒާމެއްތަ؟” ، މިމައުޟޫގެދަށުން ވާހަކަ ދައްކަވަން ހަމަޖެހިފައިވަނީ ޖައިޝާން ސައީދު އެވެ. ޖައިޝާން ސައީދަކީ މިވަގުތު ދިވެހިރާޖޭގެ އިސްލާމީ ޔުނިވާރސިޓީގައި ޝަރިއްޔަތާ ގާނޫނުގެދާއިރާއިން އޮނާރސް ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ. އަދި މިއަހަރު ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ހިންގާ ކޮމިޓީގެ މެމްބަރެކެވެ.

“ދެ ނިޒާމުގެ ވާހަކަ” މިމައުޟޫއަށް ވާހަކަދައްކަން ހަމަޖެހިފައިވަނީ މިދުއަމް ސައުދު އެވެ. މިދުއަމް އަކީ މޯލްޑިވްސް ޗައިނާ ޓޮރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭށަންގެ ނާއިބު ރައީސެވެ.

މި ސެމިނަރގައ ބައިވެރި ވުމަށް ހިލޭ ރެޖިސްޓަރ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެއެވެ. އެގޮތުން އޮންލައިން ކޮށް ރަޖިސްޓަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން https://bit.ly/2JPOq6R މި ލިންކްގައި ވާ ފޯމް ފުރާލުމުން ރަޖިސްޓަރ ވާނެއެވެ.

މީގެއިތުރުން ޕައިގެ މާސްމީޑިޔާގެ ފޭސްބުކް،ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖްއިން މި ސެމިނާރއާބެހޭ އިތުރު މައުލޫމާތާއި އަދި ކުރިއަށް އޮންނަ އިވެންޓްތަކާބެހޭ މައުލޫމާތު ލިބޭނޭއެވެ.

މަހަލްދީބް ފައުންޑޭޝަން މެދުވެރިކޮށް ޒުވާން ކުދިންތަކެއް ރާވާ ހިންގާ ޕައިގެ ފުރަތަމަ ސެމިނާގައި ވާހަކަދެއްކެވީ ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ އަލީ ރަޝީދާއި ، އަބްދުﷲ ނާހިދެވެ.

ޕައިގެ ފުރަތަމަ ސެމިނާރގެ ފުރަތަމަ ވާހަކަދެއްކުންތެރިޔާ ޢަބްދުﷲ ނާހިދުގެ ވީޑިޔޯ

ޕައިގެ ފުރަތަމަ ސެމިނާރގެ ދެވަނަ ވާހަކަދެއްކުންތެރިޔާ އަލީ ރަޝީދުގެ ވީޑިޔޯ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.