ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާއި އެކު ޙުސްނީގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުން މަނަދޫގައި ބާއްވައިފި!

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަނަދާު ދާއިރާއަސް ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ، ސަރުކާރުގެ ކެންޑިޑޭޓް ޙުސްނީ މުބާރިކްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފިއެވެ.

މިގޮތުން މަނަދޫ ބަނދަރު ސަރަޙައްދުން ފެށި މި ހިނގާލުން، ނިންމާލާފައިވަނީ، ބަނދަރު ސަރަޙައްދުގައި ޙުސްނީގެ ކެމްޕެއިން ޖަލްސާ ރޭގައި ބާއްވާފައިވާ ސްޓޭޖް ސަރަޙައްދުންނެވެ. މި ހިނގާލުމުގައި ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި ހިނގާލުން ނިންމާލަމުން ޙުސްނީ މުބާރިކް ވަނީ ދާއިރާގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އިޝްތިހާރު Below Header ad
husnee hingaalun 1 jpg e1713617681260
ފޮޓޯ: އެޓޯލް ނިއުސް – ޙުސްނީ މުބާރިކްގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގެ ތެރެއިން

ޙުސްނީ ވިދާޅުވި ގޮތުގައި، އޭނާ މަޖިލީހަށް ހޮވިެއްޖެ ނަމަ މަސައްކަތް ކުރައްވާނީ ވަކި ފިކުރަކަށް ވީތީ ބާކީ ކުރުމެއް ނެތިއެވެ. އަދި ދިވެހީންގެ ރާއްޖެއަށް ޙަޤީޤަތުގައި ދެވެން އޮތީ ދިވެހީންގެ ރާއްޖޭގެ ކެންޑިޑޭޓުންނަށް މަޖިލީސް ކާމިޔާބު ކުރެވިގެން ކަމުގައިވެސް ޙުސްނީގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

husnee hingaalun 4 jpg
ޙުސްނީ މުބާރިކްގެ ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގެ ތެރެއިން

ޙުސްނީގެ ހިނގާލުމުގެ އިތުރުން މިއަދު މަނަދޫގައި ވަނީ އެދާއިރާއަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ނިންމުމުގެ ގޮތުން ސައިކަލު ބުރެއްވެސް ބާއްވާފައެވެ. މި ސައިކަލު ބުރުގައި އެމްޑީޕީއަދި އެމްޑީޕީގެ ކެންޑީޑޭޓަށް ތާޢީދު ކުރާ ފަރާތްތަކުން ބައިވެރި ވެފައިވާ އިރު، ހުސްނީގެ ކެމްޕެއިން ނިންމުމުގެ ހިނގާލުމާއި އަޅާ ބަލާއިރު ވަރަށްވެސް ބައި މަދުކަން ފާހަގަ ކޮށްލެވެއެވެ.

mdp manadhoo majilis campaign hingaalun

މަނަދޫ ދާއިރާގެ ކެމްޕެއިން ޙަރަކާތްތައް ފެންނަ ގޮތުން މިފަހަރު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ ޙުސްނީ މުބާރިކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.