ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ފާރިޝް މައުމޫން ނިންމަވައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ފާރިސް މައުމޫން ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ފާރިސް، ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައެވެ.

އިޝްތިހާރު Below Header ad

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓަކަށް ތާއީދުކުރުމާމެދު ގޮތެއް ނިންމުމަށް ފާރިސް ވަނީ ގިނަ ޝަރުތުތަކެއް އިންތިހާބުގެ ދެވަނަބުރުގައި އެމްޑީޕީއާއި ޕީއެންސީއަށް ހުށަހަޅާފައެވެ. ނަމަވެސް ފާރިސް މިއަދު ނިންމެވީ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ.

ފާރިސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އޭނާއަށް މާބޮޑު ތާއީދެއް ލިބުނު ކަމަށް ނުދެކޭކަމަށާއި، އަދި އޭނާގެ މަގްސަދަކަށްވީ ލިބުނު ފުރުސަތުގައި ދެ ކެންޑިޑޭޓުންނާ އެކު ވެސް ހުށަހެޅުންތައް ހިއްސާކޮށް، އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން ބަލައިގަންނާނެ ކަންތައްތައް ސާފުކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.