ނިޒާމީ ޤަރާރާ ގުޅޭ ގޮތުން ގޮތެއް ނިމެންދެން މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި!

ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ޗެމްބަރަށް ވަޑައިނުގެން ބޭރު ކުޑަ ދަށުގައި ތިއްްބެވުމުން އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަ ނުވެ ޖެހުނީ ނިންމާލާށެވެ. އެއަށްފަހު މިއަދުގެ ޖަލްސާ ވެސް އެ ސަބަބާއިހުރެ ކުރިއަށް ނުގެންދެވި މެދު ކަނޑާލުމަށްފަހު، ޖަލްސާ ފެށޭ ގޮތްވީ 10:00ގައެވެ.

އިޝްތިހާރު Below Header ad

މިއަދުގެ ޖަލްސާގައި އޮތީ، ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް އެކަންޏެވެ. އެހެންނަމަވެސް އެ ގަރާރުގެ އިބްތިދާއީ ބަހުސްގެ އިތުރުން ގަރާރުގެ ދިރާސާ ކުރުން އަދި ފަހު ބަހުސް އާއި ވޯޓުގެ މަރުހަލާ ވެސް މިއަދު ބާއްވަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދެން އަޅުގަނޑު ޖަލްސާ ނިންމާލާކަށް ވެސް ގަސްދެއް ނުކުރަން. މިހެން އަޅުގަނޑު މި ދެންނެވީ ޖަލްސާ ފެށުމަށްޓަކާ އަޅުގަނޑު ދެ ދުވަހު ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން.. އަޅުގަނޑު ގަސްދު ކުރަނީ ދެން މި ޖަލްސާ ނުނިންމާ މި މަސައްކަތް ނިމޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުން،

ރައީސް މުހައްމަދު ނަޝީދު

އިލްޔާސް ހުށަހަޅުއްވާފައިވާ، އެ ގަރާރުގައި ވާގޮތުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު 30 އޮކްޓޯބަރުގެ ކުރިން ނެގުމަށް މިއަދު ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ދިވެހިންގެ ޤާނޫނުއަސާސީވެސް ތިޔަހެދީ ކުޅޭކުޅޭ އެއްޗަކަށް. 35 މެމްބަރުންނަކީ މުޅި މަޖިލިހެއްވެސް ނޫން. ވެރިކަމާ ހުރެ ދަންޖެހެނީ

  2. ޏަޝީދު އުޅެނީ މޮޔަފުޅު ވެގެން…. މި ޤައުމަކުން ދެން ނަޝީދު އަކަށް ތާއީދެއް ނެތް.. ބަރުލަމާނީ އޮތް ގައުމަކަށް ނަޝީދު ހިޖުރަ ކުރެއްވުން ރަނގަޅު ކަމުގައި ފެނޭ ސޮރީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.