ގިނަ ދުވަސްތަކަކަށް ފަހު، އިބޫ ޞާލިޙާއި ނަޝީދު ވާހަކަ ދައްކަވައިފި!

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރަޢިސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނެވި އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް ނަޝީދު، ގިނަ ދުވަސްތަކަކަށް ފަހު އަލުން ވާހަކަ ދައްކަވައިފިއެވެ. މިކަން ކަށަވަރުކޮށްދެއްވައި، އިބޫ ޞާލިޙު މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވާހަކަ މިދެއްކީ ވަރަށް ދުވަސްކޮށްފައި އިއްޔެ ކަމަށެވެ. އަދި ވާހަކަ ދެއްކުމުގައި މާދުރުގައި ތިބިތަނެއް ނުފެންނަކަމަށާއި ކުރިއެކޭ އެއްގޮތަށް ވާހަކަދައްކަން ފަށައި ގަނެވުނު ކަމަށެވެ.

 

އިޝްތިހާރު Below Header ad

ވަރަށް ދުވަސްކޮށްފަ އިއްޔެ ވާހަކަ މިދެއްކީ. އަނެެއްހެން އަޅުގަނޑަކަށް ނުފެނޭ މާ ދުރުގަ ތިބިތަނެއް. ވާހަކަ ދެއްކުމަކު. ހަމަ ކުރިއެކޭ އެއްގޮތަށް ހަމަ ފުރަތަމަވެސް ފަށައިގަނެވުނު ވާހަކަ ދައްކަން. މިއުޅެނީ ސިޔާސީ ޚިޔާލު ތަފާތުވުން ތަކެއްތާ ދެއްތޯ! އެހެންވީމާ އޭގާ، މިވަގުތު އިއްޔެ ވާހަކަ ދެކެވުނީ މުޅިން މިކަމާ ބެހޭ ގޮތުން!

އިބޫ ޞާލިޙު ވިދާޅުވިއެވެ.

 

އިބޫ އިތުރަށް ވިދާޅުވި ގޮތުގައި ނަޝީދާއި އެކު ވާހަކަ ދެކެވުނީ ކުރިއަށް ދެވިދާނެ ގޮތަކީ ކޮބައިތޯ އާއި މެދުއެވެ. އަދި ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން، މިމަހުގެ 25 ވަނަ ދުވަހު ނިޒާމާއި ގުޅޭ ވޯޓެއް ނެގުން ކަމަށާއި، ނަމަވެސް މިވަގުތު އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނެ ކަމުގައި ދަންނާވާފައި ވާނެ ކަމަށެވެ. ހަމަ އެއާއި އެކު، ދެވަނަ ބުރުގެ އިންތިޚާބަށް ފަހު ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެން ވޯޓެއް ނެގުމަށް އެއްބަސްވާ ކަމަށާއި އަދި އެކަމަށް ތާރީޚަކާއި މެދުވެސް ވާހަކަ ދައްކައި ހުށަހަޅާފައިވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި ނިޒާމީ ވޯޓާއި މެދު މަޖިލީހުގައި އޮތް ޤަރާރު ފާސްކުރައްވައި ހުށައެޅުއްވުމުން އިލެކްޝަން ކޮމިޝަނަށް ލިޔުމަކުން ރައީސް ޞާލިޙު އެކަން އަންގަވައި އެހިސާބުން ތާރީޚެއްވެސް ކަނޑައެޅިގެން ދާނެކަމުގައި ދަންނަވާފައި ވާނެ ކަމަށާއި ނަމަވެސް އަދި އޭގެ ފަހުން އެބޭފުޅުންގެ ޚަބަރެއް ނުވާކަމުގައި ވެސް އިބޫ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި މެދު ވަކިގޮތެއް ނިންމައި މިރޭ އިޢުލާން ކުރާނެ ކަމުގައި ދަޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. އަދި މިވާހަކަ އިބޫ ޞާލިޙުވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު އަލުން ވާހަކަ ދައްކަވާފައި މިވަނީ، އެޕްޑީޕީގެ އެތެރޭގެ ކޯޅުން ތަކަށް ފަހު، އެމްޑީޕީ ދެބައިވެ، އަދި ރައީސް ނަޝީދު އެމްޑީޕީއާއި ގުޅި އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިންތިޚާބުގެ 7 އިންސައްތަ އެމަނިކުފާނު ހުންނެވި ޑިމޮކްރެޓްސް އަށް ލިބުމަށް ފަުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.