އިންތިޚާބުގެ ދެވަނަ ބުރަށް ދަ ޑިމޮކްރެޓްސް އިން މިރޭ ގޮތް ނިންމަނީ!

މި މަހު 30ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ދަ ނިންމައި ހާމަކުރާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.ޑިމޮކްރެޓްސްއިން އަަމަލުކުރާނެ ގޮތުގެ ރަސްމީ ނިންމުމެއް މިރޭ ނިންމައި ހާމަކުރާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ދެވަނަ ބުރަށް އެ ޕާޓީއަށް ނުދެވުނުއިރު ދެވަނަ ބުރުގައި އިންތިޚާބުގެ ނަތީޖާ އަންނަ ގޮތެއްގައި އެންމެ މުހިންމު ދައުރެއް އަދައިކުރާނެ ޕާޓީއަކަށް ވާނީ ދަ ޑިމޮކްރެޓްސްއެވެ.

އިޝްތިހާރު Below Header ad

ދަ ޑިމޮކްރެޓްސްއިން ވަނީ ދެވަނަ ބުރުގައި ގުޅޭނެ ޕާޓީއެއް ނިންމުމުގެ ކުރިން އެމްޑީޕީ އާއި ޕީޕީއެމާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާތަކުގައި ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ހުށަހެޅީ މި މަހުގެ 25ވަނަ ދުވަހުގެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް އެއްބަސްވުމަށެވެ. އެއީ މި ވަގުތު އެ ބާރު ރައީސުލްޖުމްހޫރިިއްޔާގެ އަތްޕުޅުގައި އޮތުމުންކަމަށް އެ ޕާޓީން ބުނެއެވެ.

ޕީޕީއެމަށް ވެސް ހުށަހަޅަނީ ހަމަ އެ ކަމެވެ. އެއީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވުމެވެ. ޕީޕީއެމާއެކު މަޝްވަރާތައް ފެށި ނަމަވެސް އެ މަޝްވަރާތައް މަޑުޖެހުނީ ޕީީޕީއެމުން ޑިމޮކްރެޓުންނާއެކު ރަސްމީ ލިޔުމެއްގައި ސޮއިކޮށްގެން ކުރިއަށްދާން ބޭނުން ނުވުމުންނެވެ.

އެއާއެކު ދެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްޕުޅުކުރެއްވީ މާފުށީ ޖަލަށް ވަޑައިގެން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި އެ މަނިކުފާނާ މަޝްވަރާކޮށް، ޔާމީންގެ ރައުޔު އެކަމާމެދު ހޯއްދެވުމަށެވެ.

ނަމަވެސް ޔާމީން ވަނީ، ނަޝީދާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވައިފައެވެ. އެހެންކަމުން ބެލެވެނީ އެއީ ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތެއް އެކުގައި ނުކުރައްވާނެކަމަށް ޔާމީން ވިދާޅުވި ވިދާޅުވުމެއްގެ ގޮތުގައެވެ.

ޑިމޮކްރެޓުންނަށް ދެން އޮތް ގޮތަކީ ދެ ޕާޓީން އެއްބަސްވާ ހަމަތަކެއްގެ މަތިން އެމްޑީޕީއާއެކު މަސައްކަތްކުރުމެވެ. ނުވަތަ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑީޑޭޓަކަށް ތާއީދު ނުކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.