ބަރުލަމާނީ ވާހަކަ ދައްކަން ރައީސް ނަޝީދާއި ބައްދަލު ކުރައްވަން ރައީސް ޔާމީން ބޭނުންފުޅެއް ނުވި !

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ބައްދަލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނާ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ޔާމީން މިއަދު އަންގަވައިފި އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އިން ވަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ވޯޓެއް މި މަހުގެ 25 ގައި ނަގަން އެމްޑީޕީ އާއި ޕީޕީއެމަށް ހުށަހަޅައިފަ އެވެ.

އިޝްތިހާރު Below Header ad

ނަޝީދު އިއްޔެ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ޔާމީނާ މަޝްވަރާ ކުރެއްވުމަށް މިއަދު މާފުށީ ޖަލަށް ވަޑައިގަންނަވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން، ނަޝީދާއި ބައްދަލު ކުރައްވަން ބޭނުންފުޅު ނުވާކަމަށް އެއިދާރާއަށް އަންގާފައިވާ ކަމަށާއި، އެހެންވެ އެ ޖަވާބު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވާފައިވާ ކަމަށް ކަރެކްޝަންސް ގެ އޮފިޝަލަކާއި ޙަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

މީގެ 8 ދުވަސް ފަހުން ނިޒާމީ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން އެދެމުން އަންނަ އިރު އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި އެފަދަ އިންތިހާބެއް ބާއްވަން ވާން ޖެހޭ ތައްޔާރީތަކަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ބޭނުން ވާނެ އެވެ. މީގެ އިތުރުން އެކަމަށްޓަކައި 50-40 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.