ބަނޑު ހިންދާލަން ލިބޯ ޖޫސްވަރެއް ހަމަނެތް!

ކޮންމެ ކަމަކީވެސް އެކަމެއް ކުރުމަށް ވަރުގަދަ އަޒުމަކާއި ހިއްވަރެއް ބޭނުންވާނެ ކަމެއް ކަމީ ޔަގީން ވާކަމެކެވެ. އެގޮތުން

ބަނޑުގައި ޖަހާފައި ހުންނަ މަސްތައް ދުއްވާލަން ވެސް މިފަދަ އަޒުމަކާއި ހިއްވަރެއް ލައިގެން މަސައްކަތް ކޮށްފިނަމަ އެއީ އެއްވެސް އުނދަގޫކަމެއް ނޫނެވެ.

އިޝްތިހާރު Below Header ad

މިއީ ސިއްޚީގޮތުންވެސް ކުރަން ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ބަނޑުގައި މަސްޖަހާފައި ހުރުމަކީ ޓައިޕް-2 ޑައެބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަކަށް ވާތީ އެވެ. ބަނޑުގައި ހުންނަ މަސްތައް ވިރުވާލަން ލުނބޯގެ ބޭނުން އެކި ގޮތްގޮތަށް ހިފުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ. އެކަމަކު ހަގީގަތަކީ ލުނބޮޔަކީ މިކަމަށް އާދަޔާ ހިލާފް މޮޅު އެއްޗެއް ނޫންކަމެވެ

އެއްވެސް ކާނާއަކުން ބަނޑުގައި ހުންނަ ފެޓް އާދަޔާ ހިލާފް ގޮތަކަށް ވިރުވާލައެއް ނުދެ އެވެ. ހަށިގަނޑުގެ ފެޓް މަދުވާނީ ހަށިގަނޑަށް އެތެރެވާ ކެލަރީ އަށް ވުރެ އަންދާ ކެލަރީ އިތުރު ކުރެވިގެންނެވެ. ކުރުކޮށް ބުނާ ނަމަ، އެތެރެވާ އެއްޗަކަށް ވުރެ ބޭރުވާ އެއްޗެހި ގިނަވެގެންނެވެ. ބަނޑު ހިންދުމަށް ލުނބޯ ބޭނުންކުރާ މީހުން ގިނަ ނަމަވެސް ހަގީގަތަކީ ހަށިގަނޑުގެ ވަކި ތަނަކުން ފެޓް ވިރުވަ ދޭނެ ކާނާއެއް ނުހުންނާނެ ކަމެވެ. ލުނބޯ ޖޫހުން ކެލަރީ އަންދަނީއެއް ނޫނެވެ. އެކަމަކު ކެލަރީ އެތެރެވާ މިންވަރު މަދުކުރުމަށް އެހީވެދެ އެވެ. ލުނބޮއެއް ހަތަރު ފަޅިއަށް ފަޅާލާފައި އޮންނަ އިރު އެއިން ކޮންމެ ފަޅިއެއް އެއީ އެންމެ ކެލަރީއެކެވެ. އެހެންވެ ލުނބޯ ޖޫހަކީ އެހެން ޖޫސްތަކަށް ވުރެ ކެލަރީ އެތައް ގުނައެއް މަދު އެއްޗަކަށް ވުމުން ކެލަރީ ދަށްކުރުމަށް އެހެން ޖޫސްތަކަށް ވުރެ ލުނބޯ ޖޫސް ރަނގަޅެވެ.

ހަމަ އެގޮތަށް ބަނޑުގައި ގޭސް އުފެދުން ލުނބޯ ޖޫހުން ކުޑަކޮށްދެ އެވެ. އެއާ އެކު މިއީ ކުޑަކަމު ދިއުން އަވަސްކުރުވާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މީގެ ކުރިން ބެލެވިފައި އޮންނަނީ ލުނބޯ ޖޫސް ބުއިމުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރުވާ ކަމަށެވެ. މެޓަބޮލިޒަމް ރޭޓް މައްޗަށް ދިއުމުން ހަށިގަނޑު ހިކުމަށް އެހީއަކަށްވެ އެވެ. އެކަމަކު ފަހުގެ ހޯދުންތަކުން ދައްކަނީ މެޓަބޮލިޒަމް އިތުރުވަނީ ލުނބޯގެ ސަބަބުން ނޫންކަމެވެ. ލުނބޯ ޖޫހުގައި ގިނައީ ފެން ކަމަށް ވުމުން މެޓަބޮލިޒަމް އިތުރުވުން ގުޅިފައި ވަނީ ފެނަށެވެ. މިކަން ހާމަކޮށްފައި ވަނީ ޖާނަލް އޮފް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމް ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގަ އެވެ. އެ ދިރާސާ އިން ދައްކާފައިވާ ގޮތުގައި 500 މިލިލީޓަރުގެ ފެން ބުއިމަށް ފަހު އަންހެނުން އަދި ފިރިހެނުންގެ ހަށިގަނޑުގައި ވެސް، ޖެހިގެން އަންނަ ގަޑިއެއްހާއިރު ތެރޭ މެޓަބޮލިޒަމް އިތުރުވެ ކެލަރީ އަންދާވަރު ގިނަވެ އެވެ. އެހެންވެ ހިކުމުގެ ނިޔަތުގައި ލުނބޯ ޖޫސް ބުއިމެކޭ ފެން ބުއިމެކޭ ތަފާތެއް ނެތެވެ.

ލުނބޮޔަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ޖުމްލަކޮށް ބަލާއިރު ހަށިގަނޑަށް ފައިދާހުރި މާއްދާއެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާއެކެވެ. ޖާނަލް އޮފް ދި އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ހަށިގަނޑުގައި ވިޓަމިން ސީ ހުންނަންޖެހޭ ވަރަށް ހުންނަ މީހުން ކަސްރަތު ކުރުމުން ފެޓް އަންދާ މިންވަރު، ވިޓަމިން ސީ މަދު މީހުންނަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށެވެ.

ލުނބޮޔަކީ ޕެކްޓިން ކިޔާ ފައިބައެއް ވެސް ގިނަ މޭވާއެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައި މައްޗަށް ދިއުން ލަސްކުރުވާ މާއްދާއެކެވެ. އެހެންވެ ވިޓަމިން ސީ އާއި ޕެކްޓިން އަކީ ވެސް ހިކެން ބޭނުންވާ މީހަކަށް ރަނގަޅު ދެ މާއްދާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.