ބަލިމަޑުކަމުގެ ތެރޭ ޒިންމަ އުފުލަން ޖެހިފައިވާއިރު…

އެއްވެސް މީހަކު މަރުވާނެ ބިމެއް އޭނާއަކަށް ނޭނގޭނެއެވެ. އަދި ހަމަ އެހެންމެ އެއްވެސް މީހަކާ މަރު ބައްދަލު ކުރާނެ އިރެއްވެސް ނޭނގޭނެ، ކޮންމެ މީހަކުވެސް ހުންނަންވާނީ އޭނާއަށް ވީއެންމެ ރަނގަޅަކަށް މަރަށް ތައްޔާރުވެގެނެވެ.

މިއަދު އަޅުގަނޑުމެންގެ ލޯމަތީ ސިފަވަމުން މިދަނީ ފެތުރެމުންދާ ނުރައްކާތެރި ވަބާގައި މީހުން މަރުވެގެން ދާމަންޒަރެވެ. އަދި މަރުވާ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަވެގެން އުޅޭތަނެވެ. މިއަދު ރާއްޖޭގައިވެސް މިބަލި ފެތުރޭ ދުވެލި މިވަނީ ހަލުވިވެފައެވެ. ބަލިމީހުން އެނދުމަތިކުރެވޭމިންވަރު އިތުރުވެފައިވާ މިދަނޑިވަޅުގައި އީމާން ތެރިކަމުގެ ގޮތުން ހިތްވަރު ލިބިގަތުން މުޙިއްމެވެ. އެހެނީ ބަލީގެ ނުރައްކާ ތިމާއަށް ކުރިމަތިވުމުގެ ކުރިން ނަފްސާނީގޮތުން މީހާ ބަލިވެއްޖެނަމަ، ކުރިމަތިވެދާ ކަންކަން ވަކި ދެރައެއް ނުވާނެވެ. ވަކިން ޚާއްޞާގޮތެއްގައި ޒިންމާދާރު އެކި އެކި މަސައްކަތުގައި އުޅޭމީހުންނަށް އީމާންތެރިކަން ތާޒާކޮށްލަން ރަނގަޅު އިރުޝާދެއް ކީރިތި މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ ޙަދީޘްފުޅު ކުރައްވާފައެވެ.

އިޝްތިހާރު Below Header ad

صحيح البخاري 5402كتاب الطب باب أجر الصابر في الطاعو ގައި ވާރިދިވެގެންވެއެވެ. ((عَنْ عَائِشَةَ أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الطَّاعُونِ))  ޢާއިޝާގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. އެކަމަނާ އިތުރު މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ޠާޢޫން އާއި ބެހޭގޮތުން ސުވާލުދެންނެވިއެވެ. ((فَأَخْبَرَهَا نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ)) ދެންފަހެ އެކަލޭގެފާނު ޖަވާބުގައި ޙަދީޘްފުޅު ކުރެއްވިއެވެ. ((أَنَّهُ كَانَ عَذَابًا يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ)) އެއީ އެއިލާހު އިރާދަކުރައްވާ ބައެއްގެ މަށްޗަށް ބާވާލައްވާ ޢަޛާބެކެވެ. ((فَجَعَلَهُ اللَّهُ رَحْمَةً لِلْمُؤْمِنِينَ)) އަދި އެކަންވަނީ މުއުމިނުންނަށް ރަޙްމަތެއްކަމުގައި ލައްވާފައެވެ. ((فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ فَيَمْكُثُ فِي بَلَدِهِ صَابِرًا يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلَّا مَا كَتَبَ اللَّهُ لَهُ إِلَّا كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ)) އަދި އެބިމެއްގައިހުރި ﷲގެ އެއްވެސް (ކިޔަމަންތެރި) އަޅަކު، ﷲގެ ކިބައިން އަޖުރުއެދި، އެކަމަށްކެތްތެރިވެ ހުރެއްޖެނަމަ، އަދި ﷲ އޭނާއަށް ލިޔުއްވާފައިވާ ކަމެއްނޫނީ އޭނާގެ މައްޗަށް ނުޖެހޭނެކަން ޔަޤީންކޮށްގެން އޭނާއަށް އެބަލިޖެހި އެބަލީގައި މަރުވެއްޖެނަމަ، އޭނާއަށްޓަކައި ޝަހީދެއްގެ ދަރަޖަ ލިޔުއްވޭހުޓެވެ.

އެހެންކަމުން ޔަޤީންވާ ކަމަކީ މަރުވާނެކަމެވެ. އަދި މަރުބައްޔަކީ އެއަށް އެއްވެސް ޝިފާއެއް އޮތް ބައްޔެއްނޫންނެވެ. ބުއްދިވެރިއަކީ މަރުއަންނާނެކަން ޔަގީންކޮށް އެއަށް ތައްޔާރުވާ މީހާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.