މިވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

ލޮކްޑައުން ނިމޭއިރު އަލުން އަވަދި ނެތި ވެދާނެއެވެ. އޭރުން އަނެއްކާ އަޅުކަމަށް ލިބޭ ވަގުތު މަދުވާނެއެވެ. އޭގެކުރިން އަޅުކަން ކުރުން އާދަކުރެވޭތޯ ބަލާށެވެ! އެގޮތުން ފަރުޟު ނަމާދު އެކަނު އަދާކުރުމުގެ ބަދަލުގައި ސުންނަތް ނަމަދުތައް ކުރަން އާދަވޭތޮ ބަލާށެވެ!، ކޮންމެ ދުވަހަކުވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވަން އާދަ ކުރާށެވެ! އާދަވެ ކުރާ ހެޔޮޢަމަލެއް ނުކުރެވޭ ދުވަހެއް އައިނަމަވެސް، އެކަން ކުރިކަމުގެ ސަވާބު އޭނާގެ ޢަމަލު ނާމާގައި އް ލިޔުއްވޭހުއްޓެވެ.

ހެޔޮޢަމަލު ކުރުމުށް ފަށައިގަންނައިރު ސަމާލުކަންދޭންވީ މުޙިއްމު ކަމެއްވެސް އެބައޮތެވެ. އެއީ ކުރެވޭ ވަރަށްވުރެ ބޮޑަށް ކަންކަން ކުރަން ފަށައި ނުގަތުމެވެ. ދީނީ ގޮތުން އެންމެ ފުރިހަމަ ވެވޭތޯ ކޮންމެ މީހަކުވެސް ބަލާނެއެވެ. އަދި މިފަދަ ދުހުވަސްވަރެއްގައި ކުރެވުނު އެންމެ ގިނައެއްކޮށް ހެޔޮޢަމަލު ކުރެވޭތޯވެސް ބަލާފާނެއެވެ. އެހެނަސް ކުއްލިއަކަށް ގިނަ ޢަމަލުތަކެއްކޮށްލާ، މީހާ ވަރުބަލިވެ ދެން ހުއްޓާލާގޮތަށް ކުރިންވީވަރުވެސް ނުވެއްޖެނަމަ މާދެރަވާނެއެވެ.

އިޝްތިހާރު Below Header ad

މިދުވަސްކޮޅު، މަސައްކަތް ތަކާ ދުރުގައި ގިނަ ވަގުތު ގޭގައި އުޅެން ލިބިފައިއޮތުމުނ ޔެހޮކަމުގެ ގޮތުން ރޭއަޅުކަން (ތަޙައްޖުދު) ކުރަން ފެށުން އެއީ ކުރެވިދާނެ ކަމެކެވެ. އެހެނަސް މިއަޅުކަންވެސް ފަށައިގަންނައިރު، މަދު ރަކްޢަތް ކޮޅަގުން ކުރު މިންވަރަކަށް ފެށުން މުޙިއްމެވެ. އެހެންނޫނީ އެކަމުގައި މީހާ ވަރުބަލިވެ، ބުރަވެ، ދާއިމީ ހުއްޓުމަކަށް އެކަން އަތުވެދާނެއެވެ.

ހަމަ އެފަދައިން ހޭދަ ކުރުމަކީވެސް އާދަކުރަންޖެހޭ ކަމެކެވެ. ﷲގެ މަގުގައި ހޭދަކުރަންވީ ރަނގަޅު ތަކެއްޗެވެ. ތިމާއަސް ބޭނުން ނުހިފި އެއްލާލަންވެފައިވާ ތަކެއްޗެއްނޫނެވެ. ހޭދަކުރުން އެންމެ އައުލާވެގެންވަނީ ގާތްމީހުންނަށެވެ. އެގޮތުން އެންމެ ފުރަތަމަ ހޭދަކުރަންވީ ތިމާގެ އަނބި ދަރިންނާއި މައިންބަފައިންނަށެވެ.

ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން މިއީވެސް އަލުންބަލުން އާ ހިތްވަރަކާއެކު ފަށަންވީ ކަމެކެވެ. އަމިއްލަގޭގައި ދިރިއުޅޭ އެންމެނަށް ކޮންމެ ދުވަހަކު ސަލާމް ގޮވާލަން އާދަ ކުރާށެވެ. ގެއިން ނިކުންނަމުންނާއި ގެއަށް ވަންނަމުންނެވެ. ތިބާއާއި ދުރުގައި އުޅޭ މީހުންނަށް ފޯނުކޮށްލާ ޙާލުބަލާލަން ފަށަންވީއެވެ. އެކަންތަށް އާދަކުރަންވީއެވެ.

ކުޑަކުދިންނަށް އޯގާތެރިވުންވެސް މީ މިއަދު އާފެށުމަކުން ފަށަންވެފައި އޮތް ކަމެކެވެ. އޭގެ ނަތީޖާއަކަށްވާނީ އެކުދިން ބޮޑެތި މީހުންނަށް އިޙުތިރާމު ކުރަންފެށުމެވެ. އެކުދިންނަކީ އަބަދު ހެޔޮ ނަޞީޙަތައް ބޭނުންޖެހިފައިވާ ބައެކެވެ. އެކުދިންގެ ކުށްދެއްކުމުގެ ބަދަލުގައި އިޞްލާޙު ކުރަންވީ ގޮތް ބުނެދޭށެވެ. ނަޞީޙަތުން ފައިދާ ކުރާނެއެވެ. ކުޑަކުއްޖަކަށް އިޚްލާސްތެރިކަމާއެކު ނަޞީޙަތެއްދޭ ކޮންމެ ފަހަރަކު، އެކަންމެވެގެން ދާނީ ތިމާއަށް ހުރި ހަނދާން ކޮށްދިނުމެއްކަމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.