އެމް.ޖޭ.އެސްގެ “ނެޓްބޯލް ޗެލެންޖް 2019” ކުރިއަށްދަނީ

މީދޫ ޖަމުޢިއްޔަތުއް ޞަލާހުން (އެމް ޖޭ އެސް) އިން އިސްނަގައިގެން ‘އެމް.ޖޭ.އެސް ނެޓްބޯލް ޗެލެންޖް 2019’ ނަމުގައި ބާއްވާ ފުރަތަމަ ނެޓްބޯލް މުބާރާތް ފަށައިފިއެވެ.
މިމަހު 20 ވަނަ ދުވަހު ފެށި މިމުބާރާތުގައި ޖުމްލަ 6 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން ގުރޫޕް އޭގައި ހިމެނެނީ މަހީ، ޔުނިކޯންސް އަދި ޑެއިޒީއެވެ. ގްރޫޕް ބީގައި ހިމެނެނީ ހާޓް، ޒިލީ އެސް.ސީ، އަދި ބްލޫސްޓަރއެވެ. މި މުބާރާތުގައި މިހާތަނަށް 4 މެޗެއް ކުޅެފައިވާއިރު ގްރޫޕް ބީގެ 1 ވަނަ ޓީމުގެ ގޮތުގައި ބްލޫސްޓަރ އަދި 2 ވަނަ ޓީމުގެ ގޮތުގައި ޒިލީވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ގްރޫޕް އޭއިން ސެމީ ފައިނަލަށް ދާ ޓީމުތަށް ކަށަވަރުވާނީ މާދަމާ ކުޅޭ ގްރޫޕް އޭގެ ފަހު މެޗުންނެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހޯމަ އަދި އަންގާރައިގައެވެ.
އަދި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ބަނދަރު ސަރަހައްދުގައި އޮތް ހުސްބިމުގައެވެ.

mjs
Photo: mjs fb page
އެޓޯލް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން (އެެމް ޖޭ އެސް)ގެ ރައީސް ރައީސް ޢަބްދުﷲ ޝިހާމް ވިދާޅުވީ މީދޫ ޖަމުޢިއްޔަތުއް ޞަލާހުން އިސްނަގައިގެން މީގެ ކުރިންވެސް މިކަހަލަ ތިން މުބާރާތެއް ވަނީ ބާއްވާފަ ކަމަށެވެ.
“އިރާދަ ކުރެއްވިއްޔާ މިމުބާރާތް (އެެމް ޖޭ އެސް) ގެ ފުޓްބޯލް މުބާރާތާ އެއްގޮތައް ކޮންމެ އަހަރަކުވެސް ދެން ސިލްސިލާކޮށް ކުރިޔަށް ދާނެ, މި މުބާރާތަށް ދަނީ ވަރަށްބޮޑު ތަރުހީބެއް ލިބެމުން، ރަށުން ބޭރުން ވަރަށްގިނަ ޓީމުތަށް ބައިވެރިވާން އެދުނު، ކުރިޔަށް އޮތްތާނގައި ރަށުން ބޭރު ޓީމުތަކަށް ފުރުޞާތު ދީގެން މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ގޮތް ގޮތަށް ވިސްނަމުން މިދަނީ. -(އެެމް ޖޭ އެސް)ގެ ރައީސް ޢަބްދުﷲ ޝިހާމް-
ޢަބްދުﷲ ޝިހާމްހެ ވާހަކައިގައި މިފަހަރުވެސް ރަށުން ބޭރު ގިނަ ކުޅުންތެރިންތަކެއް ރަށުގެ ޓީމުތަކަށް ކުޅެމުން ދާކަން ފާހަގަ ކުރެއްވިއެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.