ޒުވާންކަން ގިނަދުވަހަށް ދެމެހެއްޓުމަށް މިއޮތީ ޙާއްލު

ޒުވާންކަންމަތީ ދެމިހުރުމަށް ހަމަށް އެކަށީގެންވާ ގޮތެއްގައި ފަރުވާތެރިވެ ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމަށް ކޮންމެހެން އަގުބޮޑު ތައްޔާރީ އުފެއްދުންތައް ބޭނުން ކުރުން މުހިންމެއް ނޫނެވެ. އުމުރަށް ވުރެ ހަގުކޮށް ޒުވާންކޮށް ހުރުމަށްޓަކައި މުހިންމީ މި ދެންނެވި “އަގުބޮޑު ތައްޔާރީ އުފެއްދުންތައް” އެކަންޏެއް ނޫނެވެ. ކެއުން ބުއިމުގައި ވަކިބާވަތްތަކެއް ހިމެނުންވެސް ވަރަށް މުހިންމެވެ. އެހެނަސް ބައެއް ބާވަތުގެ ކާއެއްޗިއްސަކީ ތާޒާ މޫނު މައްޗެއްގެ ސިއްރު ކަމަށް ވިޔަސް ބައެއް ބާވަތް ތަކުގެ ކާއެއްޗެތި ބޭނުން ކުރުމުން އޭގެ އިދިކޮޅު ނަތީޖާ ފެންނަ އެއްޗިއްސެވެ.

ޒުވާން ރީތި ސޫރަ ދެމެހެއްޓުމަށް ކެއުމުގައި އާންމުކޮށް ބޭނުން ކުރުން ރަނގަޅު ބައެއް ބާވަތްތައް ތިރީގައި ހިމަނާލާނަމެވެ

އިޝްތިހާރު Below Header ad

ޗީޒް

ދަތްޕިލަ އަކީ ސާފުކޮށް ބެލެހެއްޓުން ވަރަށް މުހިންމު އެއްޗެކެވެ. ރަތްވެ ފަނިކައިފައި ނުވަތަ ސިއްހަތު ދެރަ ދަތްޕިލައެއް ހުރުމަކީ އަސްލު އުމުރަށްވުރެ ދުވަސްވެފައިވާ ކަމަށް ދައްކާ ކަމެކެވެ. 2013 ވަނަ އަހަރު އިންޑިއާގެ ދަތާ ބެހޭ އެކަޑަމީ އަކުން ކުރި ދިރާސާ އަކުން ހޯދިފައިވާ ގޮތުން ނާސްތާ އަށްފަހު “ސްނެކް” އެއްގެ ބަދަލުގައި ޗީޒް ފޮއްޗެއް ކެއުމުން ދަތުގެ ފަނި ކެއުމަށް
މެދުވެރި ކޮށްދޭ ބެކްޓީރިއާ ގެ ބާރު ދަށްކޮށްލުވާ ދަތްތައް ސާފުކޮށްދެއެވެ. ޗީޒް ގައި އެކުލެވިގެންވާ ކެލްސިއަމް ދަތްތައް ވަރުގަދަ ކުރުމަށް އެހީވެދެއެވެ

ޓޮމާޓޯ

ޓޮމާޓޯގައި ގިނަ އަދަދަކަށް އެކުލެވިގެންވާ “ލައިކޮޕީން” އަކީ އިރުގެ އަވިން ރައްކާތެރި ކޮށްދޭ ގުދުރަތީ ސަން ސްކްރީން އެކެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގެ ވަގުތު ތަކުގައި ތާޒާ ޓޮމާޓޯ އެކުލަވާލާށެވެ. އަދި ކެއްކުމުގައި ވެސް އަޅުގަނޑުމެން އާއްމުކޮށް މި ބޭނުން ކުރާ ޓޮމާޓޯ ޕޭސްޓާއި ޕާސްޓާ ސޯސް ގައިވެސް “ލައިކޮޕިން” އެކުލެވިގެންވެއެވެ

ޒައިތޫނި ތެޔޮ

ޒައިތޫނި ތެލަކީ ގުދުރަތީ އެތައް ފައިދާ ތަކެއް އެކުލެވިގެންވާ ތެލެކެވެ. މި ތެލަކީ ބޮލުގައި ހަންފޮޅުން ދުރުކޮށްދިނުމާއި، އިސްތަށިގަނޑުގައި ކޮންޑިޝަނަރ އެއް ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ގައިގެ ހަމުގެ ތެތްކަން ހިފަހައްޓައިދިނުމަށް އެހީ ވެދޭ ޤުދުރަތީ “މޮއިސްޗަރައިޒަރ” އެކެވެ. މީގެ އިތުރުން މި ތެލަކީ ސިއްހަތު ރަނގަޅު ރީތި ހަންގަޑަކަށް މުހިންމު މާއްދާއެއް ކަމަށްވާ “އެންޓިއޮކްސިޑެންޓް” އެކުލެވިގެންވާ ތެލަކަށް ވުމާއެކު ކެއްކުމުގަ އާއި ކެއުމުގައި ވެސް މިތެޔޮ ބޭނުން ކުރުން މުހިއްމެވެ

ކަރާ

ކަރާގެ 93% އަކީ ފެން ކަމުގައި ވީނަމަވެސް މި މޭވާއަކީ ޒުވާންކަން ދަމަހައްޓުވައިދެނިވި ވިޓަމިނާއި އެންޓިއޮކްސިޑަންޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ. މިމޭވާއިގައި އެކުލެވިގެންވާ ވިޓަމިން އޭ އިން މޫނުމަތީގައި ބިހިނެގުން ދުރުކޮށްދޭ އަދި ހަމުގެ ތެތްކަން ހިފަހަޓައިދެއެވެ. ޓޮމާޓޯ އެކޭ އެއްފަދައިން ކަރާގައިވެސް ގިނަ އަދަދަކަށް ހިމެނިގެންވާ ލައިކޮޕީން އާއި ކެރޮޓީންގެ ސަބަބުން ހަމުގައި ރޫޖެހުމާއި، ދުވަސް ވުމުގެ އަލާމާތަތްކުން ދުރުކޮށްދިނުމުގެ އިތުރުން މިއީ ކެލަރީގެ މިންވަރު ވަރަށްދަށް ބާވަތެއްވެސް މެއެވެ.

އަޅުގަނދުމެނަގެ ކެއުންބުއިމުގައި ބޭނުންކުރެވޭ ތަކެތިން ހަށިގަނޑަށް ފައިދާ ކުރުވައި ޒުވާންކަންމަތީ ގިނަ ދުވަހު ދެމިހުރުމަސް އެހީވެދޭއިރު ކެއުން ބުއިމުގައި ބޭނުންކުރެވޭ ބައެއް ތަކެތިން އޭގެ އިދިކޮޅު ނަތީޖާ ފެނިގެންދެއެވެ. އެފަދަ ބައެއް ބާވަތްތައް ތިރީގައި ހިމަނާލާނަމެވެ.

ހަކުރު
ހަކުރު ނުވަތަ ފޮނި ކާތަކެތިން ގެއްލުން ވަނީ ހަމައެކަނި ދަތްތަކަށް އެކަންޏެއް ނޫނެވެ. ހަމުގައި ރޫޖެހުމާއި ދޫޖެހުމަކީ އުމުރުން ދުވަސްވަމުދިއުމާ ގުޅިގެން ގުދްރަތީ ގޮތުން ހިނގާ ކަމަކަށްވީ ނަމަވެސް ހަކުރަކީ މި ޕްރޮސެސް ހަލުވި ކޮށްދޭ އެއްޗެކެވެ. ގިނައިން ހަކުރު ނުވަތަ ފޮނި ބާވަތްތައް ކެއުމާއި ބުއިމުން މޫނުގައި ބިހި ނެގުން ކަހަލަ ހަމުގެ މައްސަލަ ތައްވެސް ބައެއްފަހަރު ކުރިމަތިވެއެވެ. ހަކުރު ބޭނުން ކުރާ މިންވަރު މަދު ކޮށްލުމުން ނުވަތަ އެއްކޮށް ހުއްޓާލުމުން އޭގެ ހެޔޮ ބަދަލުތައް ފެނިގެންދާލެއް އަވަސްވެފައި ނަތީޖާ ފޮންޏެވެ. ބަރުދަން ލުއިވުމަށް އެހީތެރިވެދިނުމުގެ އިތުރުން ނެތިވަމުން ދިޔަ ހަމުގެ ގުދުރަތީ ވާންކަން ހިފަހައްޓައިދޭ “ކޮލާޖަން” ހަށިގަނޑުގައި އަލުން އުފައްދަން ފަށައެވެ

ކޮފީ

ކޮފި ގައި އެކުލެވިގެންވާ ކެފެއިންގެ ސަބަބުން ސިކުނޑި ހޭލައްވާލާ ހަރަކާތްތެރި ކުރުވާ ހިތްހަމަޖެހުން ލިބިދާނެއެވެ. އެހެންނަމަވެސް މާގިނައިން ކޮފީ ބޭނުން ކުރާނަމަ ހަމުގައި ރޫޖެހުން އަވަސް ކޮށްދެއެވެ. ކުޅިވަރާއި ކަސްރަތުގެ އިލްމުގެ ރޮގުން ޑިގްރީ ހާސިލްކޮށްފައިވާ ޕަރސަނަލް ފިޓްނަސް އިންސްޓްރަކްޓަރ އަދި އެކްސަރސައިޒް ސްޕެޝަލިސްޓެއް ކަމަށްވާ މެލިސާ ލޯރޗް ބުނެފައިވާ ގޮތުން ކޮފީ ބޭނުން ކުރުމުން “ކޯރޓިސޯލް” ކިޔާ ސްޓްރެސް ހޯރމޯން އެއް ހަށިގަނޑުގައި އުފައްދަން ފަށައެވެ. މި ހަށިގަނޑުގެ ބަރުދަން އިތުރު ވުމާއި ހަށިގަނޑުގައި އުމުރުން ދުވަސް ވުމުގެ ނުވަތަ “މުސްކުޅި” ސިފަ ޖައްސުވައި ދިނުމުގައި މި ހޯރމޯން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. ހަނދާނުގައި ބަހައްޓަންވީ ކޮފީ ބުއި ކަމުގައިވީ ނަމަވެސް ދުވާލަކަށް 300 މިލިގްރާމް އަށް ވުރެ އިތުރު ނުވާ ވަރަށް ބޭނުން ކުރުމާއެކު ގިނައިން ފެން ބުއިމެވެ. ގިނައިން ފެން ބުއިމުގައި ވެސް ރަނގަޅު ގޮތަކީ އެއްފަހަރާ ބައިވަރު ފެން ދުވާލެއްގެ އެއް އިރު ނުވަތަ ދެ އިރު ބޯލުމުގެ ބަދަލުގައި ކޮންމެ ގަޑި އިރަކުވެސް މަދުމަދުން ފެން ބުއިމެވެ

ލޮނު
ލޮނަކީ ކާތަކެތީގެ ރަހަ ހެޔޮވަރުކުރުމުގައި އެންމެ ޒަރޫރީ ނުވަތަ އެންމެ މުހިންމު އެއް ބާވަތެވެ. އެހެން ނަމަވެސް އެހެން ތަކެއްޗެކޭވެސް އެއްފަދައިން ލޮނަކީވެސް މާގިނައިން (2300 މިލި ގްރާމް ދުވާލަކަށް) ބޭނުން ކުރުމުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ އިތުރުން ހަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ.

އެމެރިކާގެ ސައިންސް މެގަޒިން އެއްގައި 2019 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ސްޓަޑީ އެއްގައިވާ ގޮތުގައި ލޮނު ބޭނުން ކުރާ މިންވަރު އިތުރު ވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރުވާ “އެކްޒީމާ” ފަދަ ހަމުގެ މައްސަލަ ހުންނަ ނަމަ މި ބަލީގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް އިތުރުވެ، ނިދާ ހޭލާ އިރު ހަންގަޑު ހިކި ކުރަކިވެފައި ހުރުން ނުވަތަ ލޯކައިރި ދުޅަވުން ކަހަލަ ކަންކަމަށް މަގުފަހި ކުރުވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.