ސްޕެޝަލް އޮލިމްޕިކްގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެ

ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އިންޑިއާގެ ބާރަތް 1 ޓީމާއި ބައްދަލުކުރި މި މެޗަކީ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. މި މެޗުގައި ރާއްޖޭގެ ގޯލު ޖަހައިދިނީ ވަސްމީ ނަސީމެވެ.
ޗެންނާއީގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ޓީމު ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަރަތް 1، އޮސްޓްރޭލިއާ، އިންޑޮނޭސިއާ އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، ޗައިނާ، މެލޭޝިއާ އަދި މިޔަންމާ އެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ބަރަތް 2، އިޖިޕްޓް، ކޮރެއާ އެވެ.
ޖަވާހިރު ލާލް ނެހުރޫ ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ބައިގާ 12 ޓީމު ބައިވެރިވިއެވެ. އެކަމަކު ޕާކިސްތާނުން އެންމެފަހު ވަގުތު ވަނީ މުބާރާތުން ވަކިވެފައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.