މާރެސް ވޮލީ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަނީ. ޗެމްޕިއަން ޓީމުތަކަށް 15000 ރުފިޔާ

ބ. މާޅޮހު، މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ “މާރެސް ވޮލީ މުބާރާތް” މި މަހުގެ 27 ވާ ހުކުރުދުވަހު ފެށުމަށް ނިންމައިފިއެވެ.

ޗެމްޕިއަން ޓީމުތަކަށް =/15000 ރުފިޔާ ލިބޭ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 8 ޓީމެވެ. އެއީ އަންހެން ޑިވިޜަންގައި 4 ޓީމާއި ފިރިހެން ޑިވިޜަންގައި 4 ޓީމެވެ. އަންހެން ޑިވިޜަންގެ މެޗުތައް ހަވީރު 16:00 ގައި ފެށުމަށް ތާވަލުކޮށްފައިވާ އިރު، ފިރިހެން ޑިވިޜަންގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 20:30ގައެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާޅޮހު ވޮލީ ކޯޓުގައެވެ.

އިޝްތިހާރު Below Header ad

ސްޕޮންސަރުންގެ ގޮތުގައި ދިރާގު އަދި ރެޑްވޭވް ހަމަޖައްސާފައިވާ މި މުބާރާތުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ގޮއިދޫ، ދަރަވަންދޫ، ކުޑަރިކިލު އަދި މާޅޮސްއެވެ. ފިރިހެން ޑިވިޜަންގައިވެސް ބައިވެރިވެފައިވަނީ މި 4 ރަށުންނެވެ.

އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމާއެކު އެކުވެރިކަން އާލާކުރުން ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ފައިބެއަހަރު މި މުބާރާތުގައި އެ އަތޮޅުގެ 5 ރަށަކުން ވާދަކޮށްފައިވާ އިރު، ޗެމްޕިއަންކަން ހޯދާފައިވަނީ މާޅޮސް ޓީމާއި ވާދަކޮށް އެ އަތޮޅު ގޮއިދޫއެވެ. ގޮއިދޫ ޓީމަކީ އަތޮޅުގައިވެސް އަދި ރާއްޖޭގައިވެސް ވޮލީގައި ގިނަ ކާމިޔާބީއެއް ހޯދަމުން އަންނަ ރަށެކެވެ. އަދި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ރަށެކެވެ.

2016 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ މިމުބާރާތުގައި މިހާތަނަށް އެޖަމިއްޔާއިން އަންހެންޑިވިޝަންގެ 2 މުބާރާތެއް ބާއްވާފައިވާ އިރު، ވޭތުވެ ދިޔަ އަހަރުތަކުގައި ރަށުގެ ޓީމުތަކަށާއި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން 9 މުބާރާތެއް ވަނީ ބާއްވާފައެވެ. މިމުބާރާތްތަކުގައި ޤައުމީޓީމުގެ ގިނަކުޅުންތެރިންނާއި ރާއްޖެއިންބޭރުގެ ކުޅުންތެރިންވެސް ވަނީ އެކުޅުންތެރިންގެ ހުނަރު ދައްކާލާފައެވެ.

މާރެސް ޖަމިއްޔާއިން ބުނީ ނިމިގެން ދިޔަ އަންހެންޑިވިޝަން މުބާރާތުގައި ލިބުނުފަދަ ތަރުޙީބެއް މިމުބާރާތަށްވެސް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މާރެސް އިން ވަނީ ރަށުފެންވަރުގައި ވޮލީބޯޅަ ކުރިއެރުވުމަށް 2 ކޯޗިންގ ކޭމްޕް އެރަށުގައި ބާއްވާފައިވާ އިރު، މި ކޭމްޕްތަކުގައި އިރުޝާދުދީފައިވަނީ ރާއްޖޭންބޭރުގެ ކޯޗުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.