ސީ ސީ ވެރިކަން ދިފާޢު ކޮށްފި

މިސްރުގެ ރިޔާސީ އިންތިޚާބު، މިހާރުވެސް ވެރިކަމުގައި ހުރި އަބްދުލް ފައްތާޙް އައް ސީސީ ކާމިޔާބު ކޮށްފިއެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ މި އިންތިޚާބު ސީސީ ކާމިޔާބު ކުރީ ވޯޓު ލީ މީހުންގެ 97 އިން ސައްތަ ވޯޓު ކާމިޔާބު ކޮށްގެންނެވެ.  މި އިންތިޚާބުގައި ސީސީއާއި ދެކޮޅަށް ވާދަ ކުރާނެ ކަމަށް 6 ކެނޑިޑޭޓަކު ވަނީ އިޢުލާނު ކޮށްފައެވެ. އެހެންނަމަވެސް އޭގެތެރެއިން ގިނަ ކެނޑިޑޭޓުންނާ ދެކޮޅަށް އެކި ތުހުމަތު ތަކުގައި ދަޢުވާ ކުރެވި އަދި ހައްޔަރު ކުރުމާ ގުޅިގެން އެ ކެނޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން މި އިންތިޚާބުގައި ސީސީއާއި ދެކޮޅަށް ވާދަ ކުރި ހަމައެކަނި ކެނޑިޑޭޓަކީ މިސްރުގެ ގިނަ ބަޔަކު ނުދަން އަދި ސީސީގެ ސަޕޯޓަރެއް ކަމުގައިވާ މޫސާ މުސްތަފާ މޫސާއެވެ.

އިންތިޚާބުގެ އެންމެ ފަހު ނަތީޖާ އިޢުލާނު ކުރަމުން މިސްރުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ މިފަހަރުގެ އިންތިޚާބުގައި ބައިވެރި ވެފައި ވަނީ ވޯޓު ލުމަށް ޝަރުތު ހަމަވާ މީހުންގެ 41.5 އިން ސައްތަ މީހުން ކަމަށް. 2014 ގައި މިސްރުގައި ބޭއްވި އިންތިޚާބުގައި ބައިވެރި ވެފައި ވަނީ 47 އިން ސައްތައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.