ރަޝިޔާގެ މީހުންގިނަ ވިޔަފާރި މަރުކަޒެއްގައި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ރަޝިޔާގެ މީހުންގިނަ ވިޔަފާރި މަރުކަޒެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާއެއްގައި 53 މީހުން މަރުވެ، އެތައް ބަޔަކު ގެއްލި އަދި އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.

މި ޙާދިސާ ހިނގާފައި ވަނީ ރަޝިޔާގެ ބާރުގެ ދަށުގައިވާ ސަރަޙައްދެއް ކަމުގައިވާ ހުޅަނގު ސައިބީރިއާގެ މަރުކަޒީ ސަހަރެއްގައި ހުންނަ ވިޔަފާރި މަރުކަޒެއްގައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޝްތިހާރު Below Header ad

ރަޝިއާގެ ކެމެރޯވޯ ސިޓީގަހުންނަ ވިންޓަރ ޗެރީ ވިޔަފާރި މަރުކަޒުގައި އަލިފާން ރޯވެފައިވާ މަންޒަރުތައް ރަޝިއާގެ ޓީވީއިން ވަނީ އާންމު ކޮށްފައެވެ. އެ މަންޒަރުތަކުން ފެންނަ ގޮތުގައި ވިޔަފާރި މަރުކަޒުގައި ހުޅު ހިފައި ކަޅު ބޯ ދުމުން މުޅި ހިސާބު ވަނީ ބައްދާލާފައެވެ.

އަލިފާން ރޯވެފައިވާ ވިޔަފާރި މަރުކަޒަކީ މަލްޓިޕްލެކްސް ސިނަމާއަކާއި ސައުނާއެއް އަދި ބޯލިންގ އެލީއެއް ވެސް ހިމެނޭ ވިޔަފާރި މަރުކަޒެކެވެ. އަދި އާދީއްތަ ދުވަހަކީ ހަފްތާ ބަންދު ކަމުން އެ މަރުކަޒުގައި މީހުން ގިނަވެ ހަލަބޮލި ވެފައިވާ ކަމަށް އި ވެސް ރިޕޯޓުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ޖީއެމްޓީ ގަޑިން 11:00 ގައި ވިޔަފާރި މަރުކަޒުގެ ސިނަމާތަކުގެ ތެރެއިން ސިނަމާއެއްގައެވެ. އަދި އެ ސިނަމާގެ 1000 ސްކުއަރ ފޫޓަށް ވުރެ ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެވެ.

މި ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އަލިފާނުގެ މި ހާދިސާގައި 2 ސިނަމާގެ ސީލިންގ ވެއްޓިފައިވާ ކަމަށެވެ. އަދި 120 އަށް ވުރެ ގިނަ މީހުން ވިޔަފާރި މަރުކަޒުން ނެރެފައިވާ ކަމަށް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

06be6381 422c 43fb 903a eb9ebf979824

ރަޝިޔާގެ ކުއްލި ޙާދިސާތަކުގައި ޚިދުމަތްދޭ ވުޒާރާގެ އޮފިޝަލެއް ކަމުގައިވާ އެލެގްޒެންޑަރ އެރެމެޔޭވް ބުނެފައިވަނީ އަލިފާން ރޯވެފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމުން މަރުކަޒު ތެރޭގައި މީހުން ގިނަކަމަށެވެ. އެހެންކަމުން އަލިފާން ރޯވި ވަގުތު މަރުކަޒުތެރޭ ތިބީ ކިތައް މީހުން ކަމެއް ބުނެދޭން ނޭންގޭ ކަމަށެވެ. މީހުން ހޯދާނީ ކޮން ތަނަކުން ކަމާއި، އެތެރޭގައި ތިބީ ކިތައް މީހުން ކަމެއް ނޭންގޭތީ އަލިފާން ނިވާ ފަރާތްތަކުގެ މަސައްކަތްތައް އުނދަގޫ ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ބޯ ދުމުގެ ސަބަބުންވެސް މީހުން ހޯދުމަށް ދަތިވެފައިވާ ކަމަށް ބުނެފައިވެއެވެ.

300 އަށް ވުރެ ގިނަ އަލިފާންނިވާ ފަރާތްތަކުގެ މަސައްކަތުން ޖީއެމްޓީ ގަޑިން 5:30 ހާއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެމެޖެންސީ އޮފިޝަލުން ވަނީ ބުނެފައެވެ.

ހާދިސާ ހިނގި ސަރަޙައްދަށް ރަޝިޔާގެ އިމަޖެންސީ ސާވިސަސގެ މިނިސްޓަރ ވަނީ ޒިޔާރަތް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.