ފިޔަވަތި މަރުކަޒުގެ ކެއަރ ވަރކަރުންނަށް އަމާޒުކޮށްގެން “ޕޮޒިޓިވް ޕޭރެންޓިންގ ޓްރޭނިންގ” ޕްރޮގްރާމެއް ހިންގައިފި

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގެ 24 ކެއަރ ވަރކަރުންނަށް އަމާޒުކޮށްގެން “ޕޮޒިޓިވް ޕޭރެންޓިންގ ޓްރޭނިންގ” ޕްރޮގްރާމެއް ހިންގައިފިއެވެ.

މަރުކަޒުތަކުގައި ދިރިއުޅެމުންދާ ކުދިންނަށް އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދޭން ތިބޭ ކެއަރ ވަރކަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގި މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 2 ބުރަކަށް ބަހައިލައިގެންނެވެ. އެ ގޮތުން، ފެބުރުވަރީ މަހުގެ 4އިން 21އަށް ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގައި 12 ކެއަރ ވަރކަރުން ބައިވެރިވެފައިވާއިރު، މާރިޗު މަހުގެ 4އިން 21އަށް ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައި ވެސް 12 ކެއަރ ވަރކަރުން ބައިވެރިވެފައިވެއެވެ.

އިޝްތިހާރު Below Header ad

މި ޕްރޮގްރާމް އިންތިޒާމުކުރީ ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ) އިސްނަގައިގެން، ކުރުނބާ މޯލްޑިވްސްއާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)ގެ އެހީތެރިކަމާއެކުގައެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފިޔަވަތީގައި ބޭއްވި ޙަފުލާގައި ބައިވެރިންނަށް ސެޓުފިކެޓު ޙަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޝިފާނާއެވެ. މި ޙަފުލާގައި ބައިވެރިންނާ މުޚާޠިބުކޮށް ވާހަކަ ދައްކަވަމުން ޕަރމަނަންޓް ސެކްރެޓަރީ ވިދާޅުވީ ކުދިން ބެލެހެއްޓުމަކީ ވަރަށް ބޮޑު ޒިންމާއެއްކަމަށާއި، މި މުހިންމު މަސްއޫލިއްޔަތު އުފުއްލަވާއިރު މި ކަމުގައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ލިއްބައިދިނުމަކީ އެ މުވައްޒަފުންގެ ކުރިއެރުމަށާއި ކުދިންގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި “ކުދިން ހެދިބޮޑުވުމާއި، އެ ކުދިންގެ ބޭނުންތަކާއި ޙައްޤުތައް”، “ކުދިން ހެދިބޮޑުވުމުގައި އަންނަ ތަފާތު މަރުޙަލާތައް”، “ކުދިންނާ މުޢާމަލާތުކުރުން”، “ކުދިން ދައްކާ ވާހަކަ އަޑުއެހުން”، “ރުޅި ކޮންޓްރޯލް ކުރުން”، “މައްސަލަތައް ޙައްލުކުރުން” އަދި “އަމިއްލަ ނަފްސު ރައްކާތެރިކުރުމާއި އަމިއްލަ ނަފްސަށް އަޅައިލުން” ހިމެނެއެވެ.

މި ދެ ބުރާއެކު، މިހާތަނަށް “ޕޮޒިޓިވް ޕޭރެންޓިންގ ޓްރޭނިންގ” ޕްރޮގްރާމްގެ ޖުމުލަ 4 ބުރެއް ހިންގިފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 138 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 87 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތި މަރުކަޒުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.