މުޒާހަރާއެއްގެ ތެރެއިން އިޒްރޭލު ފުލުހަކު ފަލަސްތީނުގެ ކުޑަކުއްޖެއް ޝަހީދު ކޮށްލައިފި

ޤުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ހެދުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ފަހުކޮޅު، ތާއީދު ކުރުމުން ފަލަސްތީނުގެ ގިނަ ރައްޔިތުން އެޤައުމުގައި ހުންނަ ޔޫއެސް އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރިއެވެ.

އެމުޒާހަރާ ހުއްޓުވުމަށް އިޒްރޭލް ފުލުހުން ގިނަ މަސައްކަތެއްކުރިކަން ވެސް ގިނަ މީހުންނަށް އެނގިފައިވެއެވެ.

އިޝްތިހާރު Below Header ad

ނަމަވެސް އެމުޒާހަރާ ހުއްޓުވުމުގެ ތެރޭގައި އިޒްރޭލުގެ ރަހުމުކުޑަ ފުލުހުންގެ މީހަކުވަނީ އުމުރުން ނުވަ އަހަރުގެ ފަލަސްތީނު ކުޑަ ކުއްޖަކު ޝަހީދު ކޮށްލާފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި، އިޒްރޭލުގެ އެފުލުސް މީހާ އިންނަނީ އެކުއްޖާގެ ގައިމައްޗަށް އަރައެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުންވެސް، އޭނާ އުޅެނީ އެކުޑަ ކުއްޖާ މަރާލަންކަން ރަނގަޅަށް ހާމަވެއެވެ. އޭނާގެ އަނިޔާވެރި އަތްދަށުން ސަލާމަތް ނުވާނެކަން، އަދި ސަލާމަތް ކުރާނެ މީހަކުވެސް ނުވާނެކަން އެކުއްޖާއަށް ވެސް އެނގޭފަދައެވެ.

ފަސަލްތީނުގެ އެކުޑަ ކުއްޖާ ނިޔާވީއިރު ދުލުން ބޭރުވި އެންމެ ފަހު ބަސްތަކަކީ ޝަހާދަތުގެ ދެ ކަލިމައެވެ. މުޅި ދުނިޔެއަށް މިކަން ސިއްރު ކުރަން އުޅުން ކަމުގައިވިޔަސް، އެވީޑިއޯއިން ސާފުކޮށް މިމަންޒަރުތައް ފެނި، އަޑު ވެސް އިވެން ހުރެއެވެ.

މި ވީޑިއޯ ހިތް ބަލި މީހުނާ ކުޑަކުދިންނާ ނުގުޅެ މަންއޒަރު ހުރެދާނެ އެވެ

https://www.youtube.com/watch?v=u-DEHFPnB70

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.