ކޯޓުގައި އޮތް މައްސަލައެއްގެ ސަބަބުން ސިއެރާ ލިއޯންގެ ރިޔާސީ އިންތިޚާބަށް ބުރޫއަރައިފި

ސިއެރާ ލިއޯންގެ ރިޔާސީ އިންތިޚާބު އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ސަބަބުން އިންތިޚާބު ފަސްކުރަން ޖެހިދާނެ ކަމުގައި ގިނަ ފަރާތްތަކުން ދެކެންފަށައިފިއެވެ.

 

އިޝްތިހާރު Below Header ad

3.1 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އިތުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ ސިއެރާ ލިއޯންގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަނީ މިހާރުވެސް ވެރިކަންކުރާ ޕާޓީ އާލް ޕީޕަލްސް ކޮންގްރެސް (އޭޕީސީ)ގެ ކެނޑިޑޭޓު ސަމޫރާ ކަމާރާއާއި އިދިކޮޅު ޕާޓީ ސިއޭރާ ލިއޯން ޕީޕަލްސް ޕާޓީ (އެސް.އެލް.ޕީ.ޕީ) ގެ ކެންޑިޑޭޓު ޖޫލިއަސް މާޑާ ބަޔޯއެވެ.

vott

އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެވެ. އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މާރޗް 7 ގައި، އަދި އެ ބުރުގައި ކުރީގެ ޖުންތާ ލީޑަރު ބަޔޯ ވަނީ 15،000 ވޯޓުގެ ތަފާތަކުން ކުރި ހޯދާފައެވެ. އެހެންނަމަވެސް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 55 އިންސައްތަ ވޯޓު ބަޔޯއަށް ލިބިފައި ނުވާތީ އިންތިޚާބުގެ ދެވަނަ ބުރު 27 މާޗުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

އިންތިޚާބުގައި ދެން ކެނޑިޑޭޓުން ބައިވެރިކުރި ޕާޓީތައް ކަމުގައިވާ ނެޝަނަލް ގްރޭންޑް ކޯލިޝަން (އެން.ޖީ.ސީ) އަދި ކޯލިޝަން ފޯ ޗޭންޖް (ސީ.ފޯ.ޖީ) އަށް ގުޅިގެން ލިބިފައި ވަނީ 10 އިންސައްތައަށް ވުރެ މަތީ ޢަދަދެކެވެ. އަދި އެ ދެ ޕާޓީން ދެވަނަ ބުރަށް ހޮވުނު ކެނޑިޑޭޓުންގެ ތެރެއިން ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ސަޕޯޓަރުންނަށް ބާރު އަޅާފައެއް ނުވެއެވެ.

vottt

އެހެންނަމަވެސް ވެރިކަން ކުރާ އޭ.ޕީ.ސީއިން ކޯޓަށް ހުށަހަޅާފައިވާ ވޯޓު ގުނުކުގައި ހިނގާފައިވާ ޚިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރުމަށް އިންތިޚާބުގެ ދެވަނަ ބުރު މަޑުޖައްސާލުމަށް ވަނީ އަމުރު ކޮށްފައެވެ. ހޮނިހިރު ދުވަހު ނެރުނު މި އަމުރުގެ ސަބަބުން ނެޝަނަލް އިލެކްޝަން ކޮމިޝަން (އެނ.އީ.ސީ) ކޯޓުން ވަގި ގޮތެއް އަމުރު ނުކުރަނީސް އަންގާރަ ދުވަހު އިންތިޚާބު ބޭއްވުމަށް ހުރަސް އަޅައެވެ.

ކޯޓުން ވަނީ މި މައްސަލައަށް ވަކޮ ގޮތެއް ނިންމުމަށް ހޯމަ ދުވަހު ޝަރީއަތެއް ބޭއްވުމަށް ނިންމާފައެވެ. އަންގާރަ ދުވަހު އިންތިޚާބު ބާއްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ކަށަވަރު ވާނީ ހޯމަ ދުވަހު ކޯޓުގެ ބައްދަލުވުމަށް ފަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.