މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއްގައި ދ.ކުޑަހުވަދޫއަށް

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ޖަނަވަރީ 28 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

image4

އިޝްތިހާރު Below Header ad

ދ.ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.އަތޮޅު ކައުންސިލާއި، ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ. އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދ.އަތޮޅުގައި ޤާއިމްކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

image3

މީގެ އިތުރުން، ދ.އަތޮޅު ހޮސްޕިޓަލަށް މިނިސްޓަރ ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލްގެ މެނޭޖްމަންޓާއި، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދިޔަ ރަންވޭލާ ކެމްޕޭންގެ ހެލްތު ސްކްރީނިންގ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ، ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ރަންވޭލާ ކެމްޕޭންގެ ތެރެއިން ދ.އަތޮޅާއި ތ.އަތޮޅުގައި މަސައްކަތްކުރާ ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް ހިންގި ޚާއްޞަ ޓްރޭނިންގ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.