ހުކުރު ދުވަހުގެ ކުރިން ކޮންމެހެން ކިޔާލަން މުހިންމު މަޢުލޫމާތުކޮޅެށް

އައްޝައިޚު ޝަފީޢު ޢަބްދުﷲ
  • އިރު އެދުވަހެއްގެ މައްޗަށް އެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަސް! ( صحيح مسلم: 854)
  • ހުކުރު ދުވަހަކީ މުސްލިމުންގެ މައްޗަށް މާތް ﷲ ލައްވާފައިވާ ޢީދު ދުވަހެއް! ( سنن ابن ماجه : 1098)
  • ހުކުރު ދުވަހުގައި މާތް ﷲ ވަނީ ދުޢާ އިޖާބަކުރައްވާ ވަޤުތެއް ލައްވާފައި! (صحيح مسلم : 852)
  • ހުކުރު ދުވަހަކީ ފާފަތައް ފުއްސަވާ ދުވަހެއް! އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “ބޮޑެތިފާފަތަކުން ދުރުހެލިވެގެންވާނަމަ (ފަރުޟު) ފަސްނަމާދާއި، އެއްހުކުރުން އަނެއްހުކުރުގެ ދެމެދަކީ، އެކަންތައްތަކުގެ ދެމެދުގައިވާ (ކުދިފާފަތަކުގެ) ކައްފާރާއެވެ.” އެއީ ބޮޑެތި ފާފަތަކުން ދުރުވާކަމުގައި ވަނީނަމައެވެ”. (صحيح مسلم: 233)

ހުކުރު ދުވަހުގެ ބައެއް އަދަބުތައް!

  • ހުކުރު ވިލޭ ރެއާއި ހުކުރު ދުވަހުގައި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުން ގިނަ ކުރުމަށް އެކަލޭގެފާނު ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައި! (سنن ابن ماجه : 1637)
  • ހުކުރު ދުވަހުގައި ހިނައިގަތުމަކީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް! (صحيح البخاري : 895)
  • ހުކުރު ދުވަހުގައި ރީތިވެ ނަލަވުން މުސްތަޙައްބުވެގެންވޭ، އަދި ސިވާކު ކުރުމާއި ފޭރާމުގައްޔާއި ގައިގައި ހުވަނދުލުމަށް ބާރުއަޅުއްވާފައިވޭ! ( صحيح البخاري : 883)
  • ކަހްފު ސޫރަތް ކިޔެވުން މުސްތަޙައްބުވެގެންވޭ! އެހެނީ ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށްޓަކައި، އަނެއް ހުކުރާ ޖެހެންދެން ނޫރެއްލެއްވޭނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކުރައްވާފައި! (السنن الكبرى للبيهقي : 5996)
  • ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވޭ! އެހެނީ، ހުކުރު ދުވަހުގެ ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެއްކަމާއި، އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ގެރިއެއް ޤުރުބާން ކުރި މީހެއްފަދަކަމާއި، އެއަށްފަހު ބަކަރިއެއް، އެއަށްފަހު ކުކުޅެއް، އެއަށްފަހު ބިހެއްގެ މިންވަރު ޤުރުބާން ކުރި މީހެއްފަދަ ކަމަށާއި، އެގޮތުން އިމާމު ހާޒިރުވުމުން މަލާއިކަތްބޭކަލުންވެސް ޚުޠުބާ އަޑުއެހުމުގެ ގޮތުން އިށީނދެވަޑައިގަންނަވާނެކަމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައި! (صحيح البخاري: 881)
  • ހުކުރު ދުވަހު އިމާމު ހުކުރު ޚުޠުބާ ކިޔާއިރު ކަނުލާއަޑުއެހުމަށްވަނީ އަމުރުކުރެވިގެން! (صحيح البخاري: 934)
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެރަކުޢަތް ނަމާދު އަދާކުރަންވާނެ! އެހެނީ، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނިކޮށް ހާޒިރުވެ މިސްކިތުގައި އިށީން މީހަކަށް، ތެދުވެ ދެރަކުޢަތް ނަމާދު އަދާކުރުމަށް އަމުރުފުޅު ކުރައްވާފައި! (صحيح البخاري: 931)
  • ހުކުރު ނަމާދަށް ހާޒިރުވާ މީހާ، ކުރިން ހާޒިރުވެފައިވާ މީސްތަކުން ދުރަށް ޖައްސައި، ދޭދޭ މީހުން ދުރުކޮށް ޖާގަ ހޯދަން މަސައްކަތް ނުކުރުމަށް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އަމުރުކުރައްވާފައި! (صحيح البخاري: 910)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.