ހުކުރު ދުވަހު މެންދުރު ފުރަތަމަ ބަނގިއަށްފަހު ސުންނަތް ކުރުން

ހުކުރު ދުވަހު މެނދުރު ފުރަތަމަ ބަނގި އަށްފަހު ސުނަތް ކުރަންޖެހޭތޯ އަދި ހުކުރު ފަހުން ސުންނަތް ކުރަން ޖެހޭތޯ؟

ޖަވާބު:

އިޝްތިހާރު Below Header ad

ހުކުރު ދުވަހު މެނދުރު ގޮވާ ފުރަތަމަ ބަންގީގެ ފަހުން ކުރަން ޖެހޭ ސުންނަތް ނަމާދެއް ނޯވެއެވެ.

ހުކުރަށްފަހު ކުރާނީ ކިތަށް ރަކުޢަތް ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުއެބަހުއްޓެވެ. ދެކޮޅަށްވެސް ޞައްޙ ޙަދީޘް އެބަހުއްޓެވެ.

ފުރަތަމަ : ހުކުރު ނަމާދަށްފަހު ކުރާނީ ދެ ރަކުޢަތްކަމަށް ބުނުން:

ދަލީލު:

عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم (كَانَ لاَ يُصَلِّى بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ , فَيُصَلِّى رَكْعَتَيْنِ). رواه البخاري (937) , ومسلم (882.

މާނަ:

މާތް ﷲ ރުއްސުންލެއްވި އިބުނު ޢުމަރު ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ހުކުރު ނަމާދުން އަވަދިވެވަޑައިގެން ގަނޑުވަރަށް ވަޑަގެންފައިމެނުވީ ނަމާދެއް ނުކުރައްވައެވެ. އެކަލޭގެ ފާނު ކުރައްވަނީ ދެރަކުޢަތެވެ.

ދެވަނަ:

ހުކުރަށްފަހު ކުރާނީ ހަތަރު ރަކުޢަތް ކަމުގައި ބުނާ ބުނުން:

ދަލީލު:

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ( إِذَا صَلَّى أَحَدُكُمْ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا ). رواه مسلم (881)

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެ އަރިހުން ރިވާ ވެގެންވެއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިޔަބައި މީހުން ހުކުރު ފަހުން ހަތަރު ރަކުޢަތް ކުރާ ހުށިކަމެވެ.

ތިންވަނަ: ދެރަކުޢަތް ނުވަތަ ހަތަރު ރަކުޢަތާ ދެގޮތުން އެމީހަކު ބޭނުން ވަރެއް އިޚްތިޔާކު ކުރުން:

ބޭނުން ނަމަ ދެ ރަކްޢަތް ނުވަތަ ހަތަރު ރަކްޢަތް ކުރުން:

ހަތަރުވަނަ:

މިސްކިތުގައި ކުރާނަމަ ހަތަރު ރަކުޢަތް ގެޔގައި ކުރާނަމަ ދެ ރަކުޢަތް ކުރުން؛

ފަސްވަނަ:

މިސްކިތުގައި ހަތަރު ރަކުޢަތް ކޮށްފައި ގޭގައި ދެރަކުޢަތްކުރުން

ކޮންމެއަކަސް މަތީގައި ބަޔާން ވެފައިވާ ހުރިހާ ދަލީލު ތަކަކީވެސް ހަދީޘްގެ އަލީގައި ބަޔާން ކޮށްފައިވާ ގޮތްގޮތެވެ. ވީމާ މިތަނުން ކޮންމެ ގޮތެއް އިޚްތިޔާރު ކުރިނަމަވެސް إن شاء الله ރަނގަޅުވާނެ އެވެ.
الله أعلم

ޖަވާބު ދެއްވީ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.