13 ދަރިން ޗޭނުޖަހާ، ބަނޑަށް ޖައްސައިފި

އެމެރިކާގެ ކެލިފޯނިއާގައި 13 ދަރިން ޗައިނުޖަހާ ހިފަހައްޓައިގެން ގެންގުޅުމުގެ އިތުރުން، ބަނޑަށް ޖެއްސުމުގެ ތުހުމަތުގައި އެކުދިންގެ މައިންބަފައިން ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކުރެވުުނު ދެމެފިރިންގެ އުމުރުފުރާ  2 އަހަރާއި 29 އަހަރާ ދެމެދުގައި ހުރިއިރު، ފުލުހުން އެގެ ބަލައިފާސްކުރި ވަގުތު އެކުދިންތިބީ އެނދު ފަދަ  ތަންތަނުގައި ޗެއިނުޖަހާ އައްސާފައިވާކަމަށް މީޑިޔާއިން ރިޕޯޓްކުރޭ. މިގޮތުން ކައިބޮއެ ހެދުމުންނާއި ފެންވެރުން ފަދަ އަސާސީ ކަންކަމުން މަޙްރޫމުކުރެވިފައިވުމުގެ ސަބަބުން، އެކުދިން ތިބީ އަނަރޫފަވުމުގެ އިތުރުން ހަށިގަނޑުން ސާފުތާހިކަން ކުޑަ ޙާލަތެއްގައި ކަމަށްވެސް މީޑިޔާއިން ބުނެއެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން، މިމައްސަަލަ ރިޕޯޓްކޮށްފައިވަނީ މިކުދިންގެ ތެރެއިން  17 އަަހަރުގެ އަންހެން ކުއްޖެއިން އެގެއިން ފިލައިގެންގޮސް ފުލުހުންނަށް ރިޕޯޓްކުރުމުންކަމަށް ކެލިފޯނިއާގެ ފުލުސް އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިދެމަފިރިންގެ އަނިޔާ ލިބުނު ކުދިންގެ ތެރޭގައި 18 އަހަރުން ދަށުގެ 6 ކުޑަ ކުދިން ހިމެނޭ. އެހެންކަމުން އެހެންކަމުން، އެދެމަފިރިންގެ  މައްޗަށްވަނީ  ރަހީނުކުރުމުގެ އިތުރުން ކުޑަކުދިންނަށް އަނިޔާކުރުމުގެ ދަޢުވާ އުފުލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.