ބަޣުދާދުގައި ޖާނުންފިދާވެގެން ދިން ޙަމަލާއެއްގައި 27 މީހުން ޝަހީދުވެއްޖެ

ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި ޖާނުންފިދާވެގެން ދިން  ޙަމަލާއެއްގައި 27 މީހުން ޝަހީދުވެއްޖެއެވެ.

މިޙަމަލާގައި 65 މީހުން ޒަޚަމްވެފައިވާއިރު، ޖާނުންފިދާވުމުގެ މިޙަމަލާ ދިން މީހާވަނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ބަޣުދާދުުގެ މެދުތެރޭގައި ހުން،ނަ ކާރުބާރު ބޮޑު އެވިއޭޝަން ސްކެއަރ ގައި އެތަކެތި ގޮއްވާލައިގެންކަމަށް، އެގައުމުގެ އިންޓީރިއަރ މިނިސްޓަރގެ ތަރުޖަމާން ސައުދު މާންއާ ހަވާލާ މީޑިޔާއިން ރިޕޯޓްކުރެއެވެ.

އިޝްތިހާރު Below Header ad

ދާދި ފަހުން ޢިރާޤުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީ ވަނީ 3 އަަހަރުވެފައިވާ އެގައުމުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން އިޢުލާނުކޮށްފައެވެ. ނަމަވެސް މިފަދަ ޙަމަލާތަކުގެ ސަބަބުން ޢިރާޤު ހަނގުރާމައިން ސަލާމަތްވެފައިވާކަމާމެދު މުރާސިލުން ދަނީ ސުވާލު އުފައްދަވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.