ދަރަނި އަދާވުން އެދި ކުރާ ދުޢާ

ދަރަނި ވެރިވުމަކީ ވަރަށްވެސް ހިތްދަތި ނުރައްކާތެރި ކަމެކެވެ. ނަމަވެސް ހިތާމަޔަކީ ދަރަނި އަދާ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުންދާއިރު ރިޒްޤު ދެއްވާ ފަރާތް މަތިން ހަނދާން ކުރަންޖެހޭ ވަރަށް ހަނދާން ނުކުރެވޭކަމެވެ. ދަރަނި އަދާވުން އެދި ކުރާ ދުޢާގެ ބާރު ނުވިސްނޭކަމެވެ.

ދުޢާ އަކީ މުޢުމިނުންގެ ހަތިޔާރެވެ. ދަރަނި އަދާ ކުރުމަށް މަސައްކަތް ކުރަމުން ދުޢާ ކުރާށެވެ.

އިޝްތިހާރު Below Header ad

ދަރަނި އަދާކުރުމަށް ކުރެވިދާނެ ދުޢާ:

(1) اَللَّهـُمَّ اكْفِنِيْ بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِيْ بِفَضْلِكَ عَمَّنْ سِوَاكَ”

މާނައީ: “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ ޙަލާލުކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަﷲ ޙަރާމްކުރެއްވި ތަކެތިން (މިއަޅާ ދުރުކުރައްވައި) މިއަޅާ ފުދުންތެރިކުރައްވާނދޭވެ! އަދި އިބަﷲގެ ދަރުމައިގެ ޒަރިއްޔާއިން އިބަﷲ ފިޔަވައި އެހެންފަރާތަކުން (އެދުމުން) މިއަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ!” (رواه الترمذي وصححه الألباني)

(2) اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ ، وَالْحَزَنِ ، وَالْعَجْزِ ، وَالْكَسَلِ ، وَالْجُبْنِ ، وَالْبُخْلِ ، وَضَلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ”

މާނައީ: “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.” (رواه البخاري)

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.