ސީރިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތުރުކީ ބޯޑަރަށް

އިދުލިބުގަައި ހިނގަމުންދާ ހަމަނުޖެހުމުން ސަލާމަތްވުމަށްޓަކައި ސީރިޔާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ތުރުކީ ބޯޑަރަށް ދަތުރުކުރަން ފަށައިފިއެވެ.

އިދްލިބް ޝަހަރުގެ ރައްޔިތުން ތުރުކީގެ ބޯޑަރު ސަރަޙައްަދަށް ބަދަލުވަމުން މިދަނީ  ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންގެ ބާރުގެ ދަށަށް ގެނައުމުގެ ގޮތުން، ސީރިޔާގައި ހަރަކާތްތެރިވަމުންދާ ހަނގުރާވެރިންނާ ބައްޝާރު އަސަދުގެ ސިފައިންނާއި  ދެމެދު ހިނގަމުންދާ ހަމަނުޖެހުމުން ސަލާމަތްވުމުގެ ގޮތުންނެވެ.

އިޝްތިހާރު Below Header ad

ބައްޝާރު އަސަދުގެ ސިފައިން ސީރިޔާގެ އިރު ދެކުނުން އޮންނަ އަބޫ ޒުހޫރު ސަރަޙައްދުގައި ހުންނަ އެއާ ބޭހެއް ހިފުމަށް އަމާޒުހިފާފާ ވާއިރު، މި އެއާ ބޭހާއި 20 ކިލޮމީޓަރު ދުރުގައި އޮންނަ ސިންޖާރު އަވަށް  ވަނީ ބައްޝާރުގެ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން އިދުލިބުން ތުރުކީއަށް ދަތުރުކުރަމުންދާ ރެފިޔުޖީ ރައްޔިތުންގެ ޙާލަތު ވަރަށް ދެރަކަމަށް މީޑީޔާއިންވަނީ ރިޕޯޓްކޮށްފަ. މިގޮތުން މިދުވަސްވަރަކީ ތުރުކީ ވިލާތަށް ފިނިމޫސުންކަމުން އާދަޔާ ޚިލާފު ފިނިހޫނު މިނުގެ ސަބަބުން   ރެފިޔުޖީންގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ދުނިޔޭގެ މީޑީޔާތަކުންވަނީ ހާމަކޮށްފައެވެ.

ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް އެންމެ ބޮޑު ސަރަހައްދު ކަމަށްވާ އިދްލިބްގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި އެގައުމުގެ އަސްކަރިއްޔާއިން ވަނީ މިދިޔަ އަހަރުންސުރެ މަސައްކަތް ފަށާފައެވެ. 
އެގައުމުގެ ބައެއް ރައްޔިތުން ބަައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި  މިހާތަނަށް އެތައް ހާސް މީހުން މަރުވެ، 10 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ ކަމަށް އދ.އިން ހާމަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.