އީރާނުގެ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާ

އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތައް 3ން ވަނަ ދުވަހަކަށް ދިގުދެމިގެން ހިނގައްޖެއެވެ.

އިޤްޠިޞާދާއި މެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އީރާނުގައި ކުރިޔަށްދާ މުޒާހަރާއަކީ ވޭތުވެދިޔަ ސާސުކަފުގެ ތެރެއިން އެގައުމުގައި ބޭއްވިގެންދިޔަ އެންމެ ބޮޑު މުޒާހަރާކަމަށްވާއިރު، މިކަން އެގައުމުގެ ސަރުކާރުން ސިފަކޮށްފައިވަނީ ޣައިރު ޣާނޫނީ ހަރަކާތެެއް ގޮތުގައެވެ.

އިޝްތިހާރު Below Header ad

މިމުޒާހަރާތައް ޢީރާނުގެ ތެހެރާނުގެ އިތުރުން އެގައުމުގެ އެކި ޝަހަރުތަކަށްވަނީ ފެތުރިފަ. އަދި އީރާނުގެ ގައުމީ ޔުނިވަރސިޓީ ކައިރީގައިވެސް ވަނީ އެތައް ސަތޭކަ ދަރިވަރުން މުޒާހަރާކޮށްފައެވެ.

މީގެ އިތުރުން އީރާނުގައި 2009 ވަނަ އަހަރާ ހަމަޔަށް ހިނގަމުން އައި ހަމަނުޖެހުން ނިމުމަކަށް އައިސް، ހަމަ އެއަހަރު އެގައުމުގައި ރިޔާސީ އިންތިޚާބު ބޭއްވުމުގެ އުފަލުގައި ސަރުކާަރަށް ތާޢީދުކުރަާ ފަރާތްތައްވެސް  ވަނީ އެއްވުމެއް ބާއްވާފަ. އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ވަގުތުން ދުރަށް ޓެލަކާސްޓު ކުރި މި އެއްވުމުގައި ވަނީ އެގައުމުގެ ރޫޙީ ލީޑަރު އާޔަތުﷲ ޚާމަނާޢި ދައްކުވައިދޭ ބެނާތައް ހިފައިގެން ތިބި އެތައް ހާސް ބަޔަކު އެއްވެފައެވެ.

އެމެރިކާގެ ރަޢީސް ޑޮނަލްޑް ޓްރަމްޕްވަނީ އީރާނުގައި ހިނގަމުންދާ މުޒާހަރާތަކަށް ނިސްބަތްކޮށް އެގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ.  މިގޮތުން އިރާނުގެ ރައްޔިތުންނަށް އެބައިމީހުންގެ ޝުޢޫރުތައް ފާޅުކުުރުމަށް ފުރަޞަތު ދޭންޖެހޭނެކަމަާާއި، ދުނިޔެ އިރާނަށް ބަލަމުންދާކަމަށް  ބުނެ ޓްރަމްޕް ވަނީ ޓްވީޓެއް ކޮށާްފަ.  އަދި އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާގެ ރަޢީސްގެ މި އިންޒާރުތައް ސިފަކުރައްވާފައިވަނީ އެއްވެސް އަގެއް ނެތް، ދަށު ދަރަޖަައިގެ އަދި  އެއްވެސް ޞައްޙަކަމެއްނެތް ބަސްތަކެއްގެ ގޮތުގައެވެ.

ނަމަވެސް، އެމެރިކާގެ ބަސްތަކަށް އީރާނުގެ ރައްޔިތުންން ހެއްލުމަކީ ވަރަށް ދުރުގައިވަާ ކަމެއްކަަމަށް މުރާސިލުން ދެެކެވަޑައިންނަވާ. މިގޮތުން އެެގައުމުގެ ރައްޔިތުން އިޤްޠިޞާދީ އަނދަވަޅަކަށް ވެއްޓުމަށް މެދުވެރިވެގެންދިޔަޢި އެމެރިކާއިން ނިއުކްލިއަޜ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްކަމަށް ބުނެ، އިރާނުގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.