މުރްސީ އަށް އިތުރު 3 އަހަރުގެ ޖަލު ޙުކުމެއް

އީރާނުގެ ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަ ކުރިކަމަށް ބުނެ  މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ އިތުރުން 19 ފަރާތެއްގެ މައްޗަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދިގު ވެރިކަމަށްފަހު، އެގައުމުގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވި ފުރަތަމަ ރައީސް މުރްސީގެ ވެރިކަން ވައްޓާލާފައިވަނީ އެގައުމުގެ އަސްކަރިއްޔާ އިން 2013 ވަނަ އަހަރު ގެނައި ބަޣާވާތެއްގެތެރެއިންނެވެ. މުރްސީގެ ވެރިކަން ވައްޓާލިފަހުން އޭނާ ހުންނަވަނީ ޖަލު ބަންދުގައެވެ.
މުރްސީދަނީ މިހާރުވެސް 45 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިޝްތިހާރު Below Header ad

މިސްރުގެ ޝަރުއީ ދާއިރާ އަށް އިޙްތިރާމް ކުޑަ ކުރުމުގެ މައްސަލާގައި ތިން އަހަރުގެ ޖަލު ޙުކުމެއް އިއްވުމުގެ އިތުރުން، 2013 ވަނަ އަހަރު މުރްސީ ދެއްކެވި ވާހަކަފުޅަކާއި ގުޅޭ މައްސަލައެއްގައި 56 ހާސް އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ކުރުމަށް އެގައުމުގެ ޖިނާއީ ކޯޓުން ހޮނިހިރު ދުވަހު ނިންމާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.