ސެލްޓަ ވީގޯ އިން ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

 

ސްޕެނިޝް ލީގުގައި މިއަދު ހަވީރު ބާސެލޯނާ އާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

އިޝްތިހާރު Below Header ad

 

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސެލްޓާ އިންނެވެ. މި ގޯލު މެޗުގެ 20 ވަނަ މިނެޓްގައި ސެލްޓާ އަށް ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި އިއާގޯ އަސްޕަސްއެވެ. ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލިއޮނަލް މެސީ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

 

ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ޓީމަށްވެސް ވަނީ  ލިބި ބޭކާރުވެފައިވެއެވެ.

 

ފުރަތަމަ ހާފް ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ނިމުނުއިރު އަލްބާ ދިން ޕާހަކުން މެޗުގެ 62 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުން ލީޑު ފުޅާކޮށްލަން މެސީ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ސެލްޓާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

 

ލީޑު ނެގުމަށްފަހު ބާސާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ސެލްޓާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އަސްޕަސް ދިން ޕާހަކުން މެޗުގެ 70 ވަނަ މިނެޓްގައި މެކްސިމިލިއާނޯ ގޮމޭޒް ވަނީ ސެލްޓާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

 

މިއީ ލީގުގައި ބާސާ ޖެހިޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އެޓީމު އެންމެފަހުން އެއްވަރުވީ ވެލެންސިޔާ އާއި ބައްދަލުކޮށް 1-1 އިންނެވެ.

 

މިއަދުގެ މެޗު އެއްވަރުވުމުން ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 36 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި ބާސާ އަށް ވުރެ އެއް މެޗު މަދުން ކުޅެ 31 ޕޮއިންޓާ އެކު ވެލެންސިޔާ އޮތްއިރު ތިންވަނައިގައި 27 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ސެލްޓަވީގޯ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

 

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ވިޔަރެއާލްއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.