އެއްވަނައިގައި އޮތް ނަޕޯލީ އަތުން ޔުވެންޓަސް މޮޅުވެ ޕޮއިންޓަކާއި ގާތަށް !

އިޓާލިއަން ސެރިއޭގައި ރޭ ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީއާއި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން ނަޕޯލީގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

ނަޕޯލީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން މެޗުގެ ހަމައެކަނި ލަނޑު ޖަހަ ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިބާލާގެ އެހީތެރިކަމައި އެކު ގޮންޒާލޯ ހިގެއިންއެވެ.  މިއީ މި ސީޒަނުގައި ހީގުއައިން ކާމިޔާބުކުރި 9ވަނަ ލަނޑެވެ.

އިޝްތިހާރު Below Header ad

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައިރު، މެޗުގެ ފަހުހާފަށް ނިކުމެ ނަޕޯލީން ކުޅުން ވަރުގަދަ ކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަކލާތަކެއް ވަނީ ފޮނުވާލާފައެވެ. އެހެން ނަމަވެސް  ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ބުފޮން ވަނީ އެ ހަމަލާތައް ދިފާޢުކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ނަޕޯލީއާ އެއް ޕޮއިންޓް ގާތަށް ޖެހިލާއިފައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް ކުޅުނު 15 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ދެވަނައިގައި އޮތީ ކުޅުނު 15 މެޗުން 37 ޕޮއިންޓް ލިބިގެންނެވެ. އިންޓަ މިލާނަށް ތިންވަނަ ލިބެނީ މި ދެ ޓީމަށްވުރެ، އެއް މެޗުން މަދުން ކުޅެގެން 36 ޕޮއިންޓާއެކުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.