އެސްޓީއޯ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖާޢާކުރަނީ

އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ސްޓްރީމްލައިން ކުރުމަށްޓަކައި ކުރަމުންދާ ރީސްޓްެރަކްޗަރިންގެދަށުން އެކުންފުނީގެ މުއައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖާޢާކުރަން ނިންމައިފިއެވެ.

މިހާރު އެސްޓިއޯގެ މުސާރައިގެ އޮނިގަނޑު ބައްޓަން ވެފައިވަނީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ފަދަ އާާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސް ތަކުގެ ސްޓަރަކްޗަރ އަށް އެެއްގޮތަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް އެސްޓީއޯ ރީސްޓްރަކްޗަރ ކުރުމުގެ ދަށުން، މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމައި އެސްޓީއޯގެ މުސާރައިގެ އޮނިގަނޑަކީ މިޒަމާނުގެ ވިޔަފާރި ކުންފުނިތަކުުގައި ބޭނުންކުރާފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗަރ އަކަށް ވެގެންދާނެއެވެ.

މިގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް ސޭލްސް ކޮމިޝަން އަދި ޓާގެޓް އެޗީވް ކުރުމުން ލިބޭ އެހެނިހެން އެލަވަންސް ތައާރަފްކޮށް މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމަށް ވަނީ ނިންމައިފައެވެ.

މިކުންފުނިން ގަބޫލު ކުރަނީ މިކަމުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.