އެމްއައިބީ އިން ރާއްޖޭގެ 4 ކޮލެޖެއްގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފައިނޭންސް ސްކީމެއް ތަޢާރަފްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންޖް (އެމްއައިބީ) އިން ރާއްޖޭގެ 4 ކޮލެޖެއްގައި މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފައިނޭންސް ސްކީމެއް ތަޢާރަފްކޮށްފިއެވެ.

އެމްއައިބީ އިން ތަޢާރަފްކުރި މި ސްކީމުގެދަށުން ސައިރެކްސް ކޮލެޖް، މަންދު ކޮލެޖް، އެވިޑް ކޮލެޖް އަދި އެމްއައި ކޮލެޖްގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

އިޝްތިހާރު Below Header ad

މި ސްކީމުގެ ދަށުން ޑިޕްލޮމާ ލެވެލް އިން މަތީގެ ކޯސްތަކުގައި ތަޢުލީމް ހާސިލް ކުރުމުގެ ފުރުޞަތު ލިބޭ އިރު، މި ސްކީމުގެ ދަށުން އެންމެ މަދުވެގެން ދޫކުރަން ހަމަޖައްސާފައިވަނީ 30،000ރ. އެވެ. އަދި އެންމެ ގިނަވެގެން 250،000ރ. އެވެ.

އިސްލާމިކް ބޭންކުގެ މި ސްކީމުގެދަށުން ތަޢުލީމު ހާޞިލުކުރުމަށްފަހު، 6 އަހަރުގެ ތެރޭގައި އެ ފައިސާ ދެއްކޭނެއެވެ. އަދި ސްކީމުގައި ބައިވެރިވެވޭނީ އެ ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި ވަޒީފާ އަދާ ކުރާ ޢުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މީގެ އިތުރުން މުސާރައިގެ ގޮތުގައި އެ މީހަކަށް މަދުވެގެން 4،000ރ. ލިބެންޖެހޭ އިރު، އެވަރަށް މުސާރަ ނުލިބޭނަމަ އެހެން މީހަކު ބައިވެރިކޮށްގެންވެސް ސްކީމުގައި ބައިވެރިވެވޭނެއެވެ.

MIB 2

އެމްއައިބީ އިން ބުނީ މިއީ ދަރިވަރުންގެ މުސާރަ އިން ކެނޑޭ ގޮތަށް ކުރިއަށް ގެންދާ ސްކީމެއް ކަމަށާއި ބައިވެރިވުމަށް ފޯމް ހުށަހަޅަންޖެހޭނީ އެ ދަރިވަރަކު ކިޔަވާ ކޮލެޖަކަށް ކަމަށެވެ. އަދި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

މި ސްކީމުގައި ސޮއިކުރި ކޮލެޖުތަކުން ބުނީ ކޯހުގެ ފީގެ ގޮތުގައި ދަރިވަރުންނަށް ބޮޑު އަދަދެއް ދައްކަންޖެހުމުން ދަތިތަކާ ކުރިމަތިވާ ކަމަށާއި އެހެންކަމުން އިސްލާމިކް ބޭންކާ އެކު މިފަދަ އެއްބަސްވުމެއް ޤާއިމްކުރެވުމުން ދަރިވަރުންނަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

MIB 1

މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ހާރިސް ހާރޫނު ސޮއިކުރެއްވި އެ ކޮލެޖުތަކުގެ އިސްވެރިންނެވެ.

އިސްލާމިކް ބޭންކުން މީގެ ކުރިން ވަނީ ވިލާ ކޮލެޖާއި އިސްލާމިކް ޔުނިވަރސިޓީއާއެކުވެސް ފައިނޭންޝަލް ސްކީމެއްގައި ސޮއިކޮށްފައެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.