ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ވައިބަރ ސްޓިކަރ ޕެކެއް ނެރެފި

ފިތުރު އީދަށް ހާއްސަކޮށްގެން ދިރާގުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވައިބަރ ސްޓިކަރ ޕެކެއް މިއަދު ނެރެފިއެވެ.

ރަމާޝާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ އާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓިކަރ ޕެކްގެ ސަބަބުން އީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެއެވެ.

އިޝްތިހާރު Below Header ad

އަދި މި ސްޓިކަރ ޕެކްގައި ހުވަދޫ ބަހާއި އައްޑޫބަސް ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހއްދުތަކުގެ ބަހުރުވައިން ބައެއް ސްޓިކަރ ތައްޔާރުކޮށްފައިވާނެއެވެ.

ވައިބަރ ގެންގުޅޭ ކޮންމެ ފަރާތަކަށްވެސް މި ސްޓިކަރ ޕެކް ހިލޭ ލިބޭނެއެވެ.

ދާދި ފަހުން ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ޝޯއާ ގުޅުވައިގެންވެސް ދިރާގުންވަނީ ވަރަށް މަގްބޫލު ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.