ގަތަރުގައި އެމެރިކާގެ ބޮޑު ބޭސް އެއް ހުންނަ ކަން އެނގޭތަ؟

އަޑު ފެތުރޭ ގޮތުންނާއި ގަތަރުގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުން ލިބެމުންދާ އަނިޔާއާއި ފުރައްސާރައިގެ ސަބަބުން ޚަމްދަރުދީވެ  ގަތަރަކީ 100% ރަނގަޅު ޤައުމެއް ކަމުގައި ދައުވާ ކުރާ މީހުން އަހަރުމެންގެ ތެރޭގައިވެސް މަދެއް ނޫނެވެ. ނަމަވެސް ގަބޫލުކުރަންވީ ހަޤީގަތަކީ ގަތަރުގެ ރައްޔިތުންނާއި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް ކަމެވެ. އަދި ވެރިން އެމީހުންގެ ބޭނުންތައް ފުއްދުމަށް ކުރާ ކަންތައްތަކުން ރައްޔިތުން ބަރީޢަވެގެންވާކަންވެސް ޤަބޫލުކުރަންޖެހެއެވެ.

އާދެ! “އަލް އުދައިދް” އެއާ ބޭސް” ގެ ނަމުގައި ގަތަރުގެ ދޯހާ ގައި އެހުންނަ ގަތަރު ސަރުކާރުން ބިނާ ކުރި މިލިޓަރީ އެއާ ބޭސް އަކީ މެދު އިރު މަތީ ގައިވެސް ހުރި އެމެރިކާ ގެ އެންމެ ބޮޑު އެއް އެއާ ބޭސް އެވެ. 100 އަށް ވުރެ ގިނަ މިލިޓަރީ މަތިންދާ ބޯޓާއި ފައިޓާ ޖެޓްސް ތަކަކާއި އެކު އެމެރިކާ އިން އޮޕަރޭޓް ކުރަމުންދާ މި އެއާބޭސް ގައި އެކަނިވެސް އެމީހުންގެ 10000 އަށް ވުރެ ގިނަ ޓެރަރިސްޓުން (ސިފައިން) ހަރަކާތްތެރިވެއެވެ.

އިޝްތިހާރު Below Header ad

1280px USAFCENT CAOC

އަލް އުދައިދް އެއާބޭސް އަކީ ގަތަރު ސަރުކާރުން ބިލިއަނަކަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ހަރަދުކޮށްގެން 1990 ގެ އަހަރުތަކުގައި ބިނާ ކުރި ބޭސްއެކެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ މި އެއާބޭސް އެމީހުންގެ އެކި އެކި އޮޕަރޭޝަންސް ތަކުގައި ބޭނުންކޮށްފައެވެ. އެގޮތުން 2001 ގެ ވޯލްޑް ޓްރޭޑް ސެންޓަރ ހާދިސާ އަށް ފަހު އެމީހުން މުސްލިމް ޓެރަރިސްޓުން ނައްތާލުމަށް ކަމަށް ބުނެ އަފްޢާނިސްތާނުގައި ހިންގި ޖަރީމާތަށްވެސް ހިމެނެއެވެ.

އެއްވެސް ހާލަތްގައި އިސްލާމީ ޤައުމުތަކުގެ  ނަމުން ޓެގް އަޅުވައިގެން ކުރާ މިފަދަ ކަންތައްތަކަކީ ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. އެތައް މުސްލިމުންނަކަށް ޓާރގެޓް ކޮށް ފޮނުވާލާ މިސައިލް ތަކަކީ ތިމާ މެން އަމިއްލަ ފައިސާ އިން ބިނާ ކުރި ތަންނަތުން ފޮނުވާލެވޭ މިސައިލު ތަކަށް ވުމީ އިސްލާމީ އުންމަތައް ހިޔާނާތްތެރިވުން ނޫން ދެން ކޮން ކަމެއްތޯއެވެ؟

ދެން އޮތީ ސައޫދި އަރަބީއާ ގެ ވާހަކައެވެ. އެ ވެރިން ގަތަރު އެކެހެރި ކޮށްލީ މިފަދަ ކަންތައްތަކުގެ ސަބަބުން ކަމަށް ބައެއް މީހުން ހީކޮށްފާނެއެވެ.. ނޫނެކެވެ. ސައުދީ އަރަބީއާ ، ބަހްރައިން ، ޔޫއޭއި ފަދަ ޤައުމުތަށް ގަތަރު އެކެހެރި ކޮށްލީ އެމެރިކާ ރުޅިއަންނަ އީރާނަށް އެހީވާ ކަމަށް ބުނެ އެވެ. އެމެރިކާ ގެ މިސައިލް ތަކާއި މަތިންދާބޯޓުތައް އެ ޤައުމުގައި އޮޕަރޭޓް ކުރާތީކީ ނޫނެވެ. މި ކަމުން ވެސް އެނގެނީ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ހާލަތެވެ. ތިމާމެންގެ އަމިއްލަ ފައިދާއަށް ޓަކައި ކަންތައްތަށް ނިންމަމުން ދާއިރު އޭގެ ގެއްލުން ލިބެނީ ކިތައް މުސްލިމުންނަށް ކަން ވިސްނައިނުލެވޭ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސައޫދީ އަރަބީއާ ގައި އޮތް ” ޓެރަރިޒަމާ ދެކޮޅަށް” މަސައްކަތް ކުރާ ސަމިޓުގައި ޓްރަމްޕް ބުނި ބަސް ވެސް އޭނާ ހަނދާން ނެތިއްޖެ ކަހަލައެވެ. ގަތަރަށް އަމާޒުކޮށް ، ޓްރަމްޕް ބުނެފައިވަނީ ޓެރަރިޒަމް އާއި ހައްދުފަހަނަ އަޅާފައިވާ ފިކުރު ތަކަށް ވާގިވެރިވާ ޤައުމުތަކަށް އެމެރިކާއިން ދެން މީގެ ފަހުން ފަންޑު ނުކުރާނޭ ކަމަށެވެ. އަދި ގަތަރަކީ އެންމެ ކުރިން ފެށިގެންވެސް ޓެރެރިޒަމް އަށް ވާގިވާރިވާ ޤައުމެއް ކަމަށް ބުނެ އެމެރިކާގެ މިހާރުގެ ވެރިޔާ، ޑަނާޑް ޓްރަމްޕް ވަނީ ވާހަކަ ދައްކާފައެވެ.

އެހެން ނަމަވެސް މިވީ ކިހިނެތް ހެއްޔެވެ؟ 12 ބިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ފައިޓާ ޖެޓްސް އެމެރިކާ އިން އެ ވިއްކާލީ އެވެ. އެ “ހައްދުފަހަނަ އަޅައިފައިވާ ޓެރަރިސްޓު” ގަތަރަށެވެ.   އަލިފާނަށް ދަރު އަޅަނީއެވެ. ހުޅު ކޮޅު ބޮޑު ކުރުމުގެ ނުބައި މަޤްސަދުގައެވެ. މެދު އިރު މަތީގައި މިހާރު އެ އޮތް ހާލަތަކީ އަދި އެމީހުން ހިތްހަމަ ޖެހޭ ވަރުގެ ކާމިޔާބީއަކަށް (ހާލަތެއް) ނުވާތީއެވެ. އެހެންވުމުގެ ސަބަބުން ގިނަ ހުޅުކޮޅުތައް ރޯކޮށް އެއަށް ދަރު އަޅަނީއެވެ. އަދި އެ އަޅާ ދަރަކީވެސް އެމީހުންނަށް ފައިދާވާ ގޮތަށް މުސްލިމް ޤައުމުތަކުން ގަންނަ ދަރު ތަކަކަށް އިސްލާމްދީނުގެ ޢަދުއްވުން މިވަނީ ހަދާފައެވެ.

ދަރު ތައް ވިއްކާލަނީ އެކަންޏެއްވެސް ނޫނެވެ. އެމެރިކާ ގެ ބޮޑު ދެ ހަނގުރާމަ މަތީ ބޭނުންކުރާ އުޅަނދު ވަނީ ގަތަރުގެ ދޯހާ އަށް އަސްކަރީ ތަމްރީނުތަކަކަށް މި ހަފްތާ ތެރޭގައި ގޮސްސައެވެ.

0258e6faf2f54047b4d10424849e5dfb 18

ވީމާ ވަކި ބަޔަކު މާ މާތް ކޮށް ނުވަތަ ވަކި ބަޔަކީ މާ ރަނގަޅު ބައެއް ކަމަށް ވިސްނޭ ވިސްނުން ދޫކޮށްލަން އެބަ ޖެހެއެވެ. ކޮންމެބަޔަކު ގޯސް ކޮށް ކަމައް ކުރިޔަސް އެކަން ގަބޫލުކުރަން އެބަޖެހެއެވެ. ދުނިޔޭގެ އެކި ހިސާބު ތަކުގައި މުސްލިމް އަޙުންނާއި އުޙްތުން ތަޙައްމަލް ކުރަމުންދާ ކަންތައް ތަކާ މެދު ވިސްނާ ފިކުރު ކުރަން ޖެހެއެވެ. އެކަންތައް ހުއްޓުވަން އަހަރެމެންގެ ލެވެލް އިން މިއަދު މަސައްކަތް ނުކޮށްފިނަަމަ މާދަން އަންނާނީ އަހަރެމެންނަށް ހަމަލާ ދޭށެވެ. މިއީ ކަން ހިނގާ އުސޫލެވެ. އެބައިމީހުން އެ ކިޔާ “މޭކް އެމެރިކާ ގްރޭޓް އެގައިން ” އަކީ  ވަރަށް ވާހަކަ ކަން ކޮންމެ މީހަކު ވެސް އަބަދާ އަބަދު ހަނދާން ކުރަންވާނެވެ. އެބައިމީހުންނަށް ވާގިވެރިވާ ބަޔަކު ކަމުގައި އަޅަމެން ނުލައްވާށި. އާމީން.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.