ކޭޝްކާޑުން ޓެކްސީއަށް ފައިސާ ދެއްކޭ ގޮތް ތައާރަފު ކޮށްފި

 

ކޭޝްކާޑުން ޓެކްސީއަށް ފައިސާ ދެއްކޭނެ ގޮތް ތައާފަފްކޮށްފިއެވެ.

އިޝްތިހާރު Below Header ad

“ބީއެމްއެލް ކޭޝްލެސް ރައިޑް” ގެ ނަމުގައި ޕީއޯއެސް މެޝިނުން ޓެކްސީ އަށް ފައިސާ ދެއްކޭ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަސްމީކޮށް ތައާރަފްކޮށްފައިވަނީ މިއަދުއެވެ.

ކޭޝްކާޑުން ޓެކްސީއަށް ފައިސާ ދެއްކޭނެ ގޮތް ތައާރަފް ކުރުމަށްފަހު މި ޚިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ޝަރީފު ވިދާޅުވީ މި ހިދުމަތް ތައާރަފުވުމާއެކު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ޚިދުމަތަކީ މިއީ ފައިސާ އަތުން ގެންގުޅެން ނުޖެހޭ ގޮތަށް ބަލައި ކޭޝް ކާޑު މެޝިނަށް ކާޑު ލެއްވުމުން އަންނަ މެނޫތައް ނެގުމުން ހިދުމަތް ހޯދޭނެކަމަށާއި މި ހިދުމަތް ބައްޓަން ކޮށްފައިވަނީ ލަގެޖު އުފުލާ މީހުންނަށް އެއަށްވެސް ޗާޖު ކުރެވޭ ގޮތަށްކަމަށެވެ.

އޭނާ ވިދާޅުވީ މި ޚިދުމަތް އެންމެ ފުރަތަމަ ތައާރަފު ކުރަނީ ފަސް ޓެކްސީގައިކަމަށާއި އެހެން ނަމަވެސް، މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ފުޅާ ކުރެވިގެން ދާނެކަމަށެވެ.

އެގޮތުން މި ޚިދުމަތް ވަރަށް ބޮޑަށް ފުޅާ ކުރެވިގެން ދާނެކަމަށާއި އެހެން ނަމަވެސް މިކަން ފުޅާކުރާނީ ހިދުމަތް ކުރިއަށްދާ ގޮތް ބެލުމަށްފަހު ރަނގަޅު ކުރަން ޖެހޭ ކަންތައް ރަނގަޅު ކުރުމަށްފަހުގައި ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.